ކައިވެނި ހަފްލާއަކަށް ދިޔަ ބަހެއްގެ ތެރޭގައި ކަރަންޓު ޖެހިގެން 17 މީހަކު މަރުވެއްޖެ

އަވަށްޓެރި އިންޑިއާގައި ކައިވެނީގެ ހަފްލާއަކަށް މެހެމާނުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ބަހެއްގައި ތިބި 17 މީހެއްގެ ގައިގައި ކަރަންޓު ޖެހި މަރުވެއްޖެއެވެ.
މި މީހުންގެ ގައިގައި ކަރަންޓު ޖެހިފައި ވަނީ އިންޑިއާގެ އުތުރުގެ ރާޖަސްތާން ސްޓޭޓުގެ ޓޮންކް އަވަށުގެ ތެރެއިން ބަސް ދަތުރުކުރަމުން ދަނިކޮށް ބަހުގެ މައްޗަށް ކަރަންޓު ނަރެއް ވެއްޓިގެންނެވެ.
ހުކުރު ދުވަހު ހިނގި މި ހާދިސާގައި ބަހުގެ މައްޗަށް ވެއްޓިފައި ވަނީ މަގުމަތީގައި ދަމާފައި ހުރި ކަރަންޓު ނަރެކެވެ.
މި ބަހުގައި 50 އަށްވުރެ ގިނަ މީހުން ދަތުރު ކުރި ކަމަށް ވެއެވެ. ނަމަވެސް އޭގެ ތެރޭގައި ކައިވެނި ކުރި ދެ މީހުން ނުހިމެނެއެވެ.
މި މީހުންގެ ތެރެއިން 17 މީހަކު މަރުވެފައި ވާއިރު، ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ. މި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ނަރު ވެއްޓެން ދިމާވި ސަބަބު އަދި އެނގިފައި ނުވާއިރު، ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ