މާންދޫއަށް ދަތުރުދިޔަ ސްކޫލް ކުދިންތަކެއް ހޭނެތިގެން ގަން ހޮސްޕިޓަލުން ފަރުވާދީފި

ލ.މާންދޫއަށް ފިޝަރީޒް ސައިންސްގެ އަމަލީ ތަޖުރިބާގެ ދަތުރެއްގައި، ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކޫލް ކުދިންގެ ތެރެއިން ބައެއް ކުދިން ބޯއަނބުރާ އަނެއްބައިކުދިން  ހޭނެތުމާއި ގުޅިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދީފި އެވެ.
ގަން ހޮސްޕިޓަލުން މައުލޫމާތުދެމުން ބުނީ އިއްޔެ އިރު އޮއްސުނު ވަގުތު އެ ހޮސްޕިޓަލަށް 16 އަންހެން ކުދިން ގެނައި ކަމަށާއި އެ ކުދިންގެ ހާލު ރަގަޅު ކަމަށެވެ. އަދި އެއްވެސް ކުއްޖަކަށް ބޮޑު ގެއްލުމެއް ލިބިފައިނުވާތީ މިއަދުގެ ވަގުތެއްގައި ހުރިހާ ކުދިން ވެސް ދޫކޮށްލާފައިވާ ކަމަށް ގަން ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އެ ހޮސްޕިޓަލުން ބުނީ އިއްޔެ ހެނދުނު މާންދުއަށް ދިޔަ ދަތުރުމަތީގައި ހޮޑުލައި ވަރުދެރަވި ހަތް ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިން ކަމަށެވެ.
އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާއިން ބުނީ މިހާދިސާ ހިނގާފައިވަނީ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8، 9، 10 ގެ ދަރިވަރުން ލ.އަތޮޅަށްކުރި ދަތުރު ނިންމަވާލެއްވުމަށްފަހު އިއްޔެ 6 ޖަހާކަން ހާއިރު މާންދޫން ފުރަން އުޅެނިކޮށް ކަމަށެވެ.
އަދި ސްކޫލް ކުދިންގެ ތެރެއިން ބައެއް ކުދިން ބޯއަނބުރާ އަނެއްބައިކުދިން  ހޭނެތެން ދިމާވީ އެ ކުދިން މާންދޫއަށް އައި ދަތުރުމަތީ ބައެއް ކުދިން ހޮޑުލުމުގެ ސަބަބުން އަލުން ކަނޑު ފެނި ހޮނޑުލައި ވަރުދެރަވުމުގެ ބިރު އޮތުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ލ.މާންދޫއަށްދަތުރުދިޔަ ސްކޫލް ކުދިންގެ ތެރެއިން ބައެއް ކުދިން ބޯއަނބުރާ އަނެއްބައިކުދިން  ހޭނެތުމާއި ގުޅިގެން އެކުދިން ހޮސްޕިޓަލަށް ގެންދިއުމުގައި  އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
އެމްއެންޑީއެފްއިން ބުނީ މިހާދިސާއާއި ގުޅިގެން ދަތުރުގެ އެންމެހާ ބައިވެރިންނަށް އެކަމޮޑޭޝަން ކަންތައްތައް ހަމަޖައްސައި ދިނުމުގައިވެސް އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓްކުރި ކުދިންނާއި ދަތުރުގެ އެންމެހާ ބައިވެރިންގެ ރޭގަނޑުގެ ކެއުމުގެ އިންތިޒާމް ވެސް އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ ހެޑްކްއޯޓަރސްއިން ހަމަޖައްސާދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ