ދުންޔާ ސަރުކާރާ ގުޅުމަށް ތާއީދެއް ނުކުރަން: މައުމޫން
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގަތުމަކީ ދުންޔާ މައުމޫން އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށާއި އެކަމަށް ތާއީދު ނުކުރައްވާކަމަށް ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫން އެހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. Dunya an'buraa sarukaarah dhiyumakee eynaage amilla nimmumeh. Alhugan'du ekamakah thaaeedheh nukuran. — Maumoon Abdul Gayoom (@maumoonagayoom) January 5, 2017 އެކަމާއި ގުޅޭގޮތުން ޔުމްނާ މައުމޫން ކޮށްފައިވާ ޓުވީޓުގައި ވިދާޅުވީ އޭނާ ހުންނަވާނީ ރައީސް މައުމޫންގެ އަރިހުގައި ކަމަށެވެ. މިއަދު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ދުންޔާ އަކީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން އަމިއްލަފުޅަށް އިސްތިއުފާދެއްވި ބޭފުޅެކެވެ. އިސްތިއުފާދެއްވުމަށްފަހު ދުންޔާ ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑުވިދާޅުވެފައެވެ. ޔުމްނާ އަކީ ވެސް މި ސަރުކާރުން އިސްތިއުފާދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. އޭނާ ވެސް ވަނީ މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ. ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއެކު ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަކިވަކިންނެވެ. މީގެ ކުރިން ގައްސާން މައުމޫން ފިޔަވާ ރައީސް މައުމޫންގެ އެހެން ދަރިން އުޅުއްވީ ރައީސް މައުމޫނާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ