ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް އަމީން އައްޔަން ކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. އެންއައިސީގެ މެމްބަރު ކަމަށް ސ. ފޭދޫ ކަރަންކާވިލާ އަހުމަދު އަމީން އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް ޔާމީން ހަވާލުކޮށްދެއްވީ މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެންއައިސީގެ މެމްބަރު ކަމަށް އަމީން އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. އަމީންގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާއާ އިންޓަވިއުކޮށް 83 މާކްސް ދިނެވެ.ފަސް މެންބަރުން ތިއްބަވާ ކޮމިޝަންގައި އަމީންގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ
ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއު މުހައްމަދާއި
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ކުރިން
ހުންނެވި މުހައްމަދު ފަރުހާދާއި ހަސަން ހަމީދު އަދި ޚަދީޖާ އަބްދުﷲ ތިއްބަވަ އެވެ. ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެމްބަރުން. - ފޮޓޯ: ރައީސް އޮފީސް އިންޓެގްރިޓީ
ކޮމިޝަނަށް އެއް ބޭފުޅަކު މަދުވީ، އެ ކޮމިޝަނަށް އައްޔަން
ކުރެއްވުމަށްޓަކައި ރައީސް ޔާމީން ކުރިން ހުށަހެޅުއްވި މަރިޔަމް ޒީނިއާގެ
ނަން އަނބުރާ ގެންދެވުމުންނެވެ.އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ ދަށުން އެ ކޮމިޝަން އުފެއްދުމާ އެކު،
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން ވަނީ
އުވިފަ އެވެ. އަދި އެ ދެ ކޮމިޝަންގައި ތިބި އިދާރީ މުވައްޒަފުން ވަނީ
އަލަށް އުފެއްދި އެންއައިސީ އަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ