ގަދަ ބާރުން ރައްޔިތުންގެ ތާއީދެ ނުހޯދޭނެކަން ދިވެހި ރައްޔިތުން ސާބިތު ކޮށްދީފި ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބާރ ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިހެން ޔުމްނާ ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެގައެވެ. ސަރުކާރާއި ދެކޮޅަށް ދިވެހި ރައްޔިތުން ދެއްވި ތާއީދަށް ޝުކުރުއަދާ ކުރައްވަމުން ޔުމްނާ މަައުމޫން ވިދާޅުވީ ޕާޓީތަކުގެ އިސްލާހީ މަސައްކަތަ ދިވެހި ރައްޔިތުން ކުރައްވާ ތާއީދު ދިވެހި ރައްޔިތުން ދައްކަވައަފި ކަމަށެވެ.
އިއްޔެ ނެގި ލޯކަލް ކައުންސިލް އިންތިހާބް ގައި އެމްޑީޕީ އިން ވަނީ މާލޭގެ އެންމެ ގޮނޑިއެ ފިޔަވައި ހުރިހާ ގޮނޑިޔެއް ކާމިޔާބުކޮށްފައެވެ. އަދި އައްޑޫގެ 7 ގޮނޑި ވެސް ކާމިޔާބް ކޮށްފައިވަނީ އެމްޑީޕީއިން ނެވެ.
ގަދަ ބާރުން ރައްޔިތުންގެ ތާއީދެ ނުހޯދޭނެކަން ދިވެހި ރައްޔިތުން ސާބިތު ކޮށްދީފި: ޔުމްނާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ