ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި ފުލުހަކަށް ވަޒީފާ ދޭން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ހުކުމްކުރުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި އެވެ.
ހައި ކޯޓުން ތާއީދުކުރީ ހއ. ކެލާ ފިނިވާގޭ އަލީ ނަޝީދަށް ވަޒީފާ ދޭން ސިވިލް ކޯޓުން ކުރި ހުކުމަށެވެ. އޭނާ ވަކިކުރި 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ އޭނާ އަށް ވަޒީފާ ދިނުމަށެވެ. އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް އެ ހުކުމަށް ތާއީދުކުރި އެވެ.
އެ މައްސަލަ ދައުލަތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ ތެރޭގައި ވެސް ބޭއްވި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ނަޝީދުގެ އިތުރުން އިތުރު ފުލުހުންތަކެއް ވެސް ވަޒީފާއިން ވަކިކުރި އެވެ. އޭގެ ތެރޭގައި ކުރީގެ މިސްޓަ މޯލްޑިވްސް ރ. މަޑުއްވަރީ މީނާ، ހުޝާމް ހަމީދާއި ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޝީފް ތޯހާ ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ހުޝާމް ވަކިކުރި މައްސަލައިގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ހުކުމްކުރީ ވަޒީފާ ދިނުމަށެވެ. އެ ހުކުމާ އެއްގޮތަށް ހުޝާމަށް މިހާރު ވަނީ ވަޒީފާ ދީފަ އެވެ.
ރިޝީފްގެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ ވަޒީފާ ދޭން ތަނެއް ނެތް ކަމަށެވެ. ނަމަވެސް ހައި ކޯޓުން ހުކުމްކުރީ ވަޒީފާ ދިނުމަށެވެ. ރިޝީފްގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފަ އެވެ. ރިޝީފަށް ވަޒީފާ ދޭން ހައި ކޯޓުން އެންގި ނަމަވެސް މިހާތަނަށް ވެސް އޭނާ އަށް އެ ވަޒީފާ ދީފައެއް ނުވެއެވެ.
ރޭޕް ތުހުމަތުގައި ވަކިކުރި ފުލުހަކަށް ވަޒީފާ ދޭން ހައި ކޯޓުން އެންގުމުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ