ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަންގާރަ ދުވަހު ފަށާއިރު، ހުރިހާ ސްކޫލްތަކަށް ވެސް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި އަހަރަށް އިންޑިއާ އިން ގެންނަ ބިދޭސީ ޓީޗަރުންގެ ތެރެއިން 214 ޓީޗަރުން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. މި އަހަރު ސްކޫލްތަކަށް ގެންނަނީ ޖުމްލަ 260 ބިދޭސީ ޓީޗަރުންނެވެ.
"ރެކްރޫޓްކޮށްގެން ގެންނަ ބިދޭސީ ޓީޗަރުންގެ ތެރެއިން ބާކީ ތިބި ޓީޗަރުން ވެސް ސްކޫލް ހުޅުވެން ވާއިރަށް ރާއްޖެ އަންނާނެ. އަޅުގަނޑުމެން އުއްމީދު މި ކުރަނީ ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުން ހަމަޖެހޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ޔުނިވަސިޓީން މިދިޔަ އަހަރު ގްރެޖުއޭޓްވި ޓީޗަރުންގެ ތެރެއިން ވަޒީފާއަށް އެދުނު 67 ޓީޗަރަކަށް މިހާރު ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ވަޒީފާ އަށް އެދިފައި ތިބި ޓީޗަރުންނަށް ވަޒީފާ ހަމަޖައްސައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާ އިން ގްރެޖުއޭޓްވެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 ގައި ރާއްޖޭގައި ކިޔަވައިދިން ދިވެހި ޓީޗަރުންގެ އަދަދަކީ 5،244 އެވެ. ބިދޭސީ ޓީޗަރުންގެ އަދަދަކީ 2،580 އެވެ.
ސްކޫލް ހުޅުވެން ވާއިރަށް ހުރިހާ ސްކޫލްތަކަށް ވެސް ޓީޗަރުން ހަމަޖެހޭނެ: އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ