ތެލުގެ އަގަށް އެސްޓީއޯ އިން މިއަދުން ފެށިގެން ގެނައި ބަދަލާ ގުޅިގެން ކަރަންޓުގެ ފިއުލް ސާޗާޖްގެ ގޮތުގައި ސްޓެލްކޯ އިން ނަގަމުން އަންނަ ފީ ޔުނިޓަކުން އަށް ޕަސެންޓް ކުޑަކޮށްފި އެވެ.
އެ ކުންފުނިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެސްޓީއޯ އިން ސްޓެލްކޯ އަށް މިއަދުން ފެށިގެން ތެޔޮ ލިޓަރެއް ވިއްކަމުން އަންނަނީ ލިޓަރެއް 9.18ރ. އަށެވެ. އެއީ ލިޓަރަކުން 10ލ. ގެ ހެޔޮވުމެއް ކަމަށް ބަޔާނުގައި ވެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކަރަންޓުގެ އަގުތަކަށް ބޮޑު ބަދަލެއް އައިސް ކަރަންޓުގެ އަގު ޖުމްލަކޮށް ބޮޑުވި ފަހުން، ފިއުލް ސާޗާޖްގެ އަގު ދެ ފަހަރެއްގެ މަތިން ވަނީ ބޮޑުވެފަ އެވެ. އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހުން ފެށިގެން ޔުނިޓަކަށް ނަގަމުން އައީ ހަތަރު ލާރި އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޔުނިޓަކަށް 12 ލާރި ނަގަން ނިންމައިފަ އެވެ.
    
    ކަރަންޓުގެ ފިއުލް ސާޗާޖް ހެޔޮކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            