އަންނަ އަހަރަށް ލަފާކޮށް ބަޖެޓް ދިރާސާ ކުރާ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި 17.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި 14 އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ގާސިމް ހުށަހެޅުއްވި 14 އިސްލާހުގައި ބުނެފައި ވަނީ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު ނާންނާނެ ގޮތަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން 122.5 މިލިއަން ރުފިޔާ ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓަށް އިތުރު ކުރުމަށެވެ. ގާސިމްގެ ހުށަހެޅުއްވި އިސްލާހުތައް ފާސްވީ ސަރުކާރަށް ތާއިދު ކުރާ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހުތަކާ ދެކޮޅު ހެއްދެވީ އެންމެ މެމްބަރެކެވެ. އެއީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.
ގާސިމްގެ ހުށަހެޅުއްވި 14 އިސްލާހުގައި ބުނެފައި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 16 މިލިއަން ރުފިޔާ ކަނޑައެޅުމަށާއި ރައްޔިތުންގެ މަޖިލީހަށް 40 މިލިއަން ރުފިޔާ ދިނުމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް 10 މިލިއަން ރުފިޔާ ދިނުމަށާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފަސް މިލިއަން ރުފިޔާ ދިނުމަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހަ މިލިއަން ރުފިޔާ ދިނުމަށާއި ގައުމީ ޔުނިވާސިޓީއަށް 10 މިލިއަން ރުފިޔާ ދިނުމަށެވެ.
ގާސިމް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ފިނޭންސުގެ ހާއްސަ ބަޖެޓުން ކޯޓުތަކަށް ހަރަދު ކުރުމަށް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން އަތޮޅު ތެރޭގެ ކޯޓުތަކަށް 64 މިލިއަން ރުފިޔާ އިތުރަށް ދިނުމަށާއި ސިވިލް ކޯޓަށް މަޖިލީހުގެ ބަޖެޓުގައި ޖަހާފައިވާ ފައިސާގެ އިތުރަށް ތިން މިލިއަން ރުފިޔާ ދިނުމަށާއި ކްރިމިނަލް ކޯޓަށް ވެސް އިތުރު 2.5 މިލިއަން ރުފިޔާ ދިނުމަށާއި ހައި ކޯޓަށް ދެ މިލިއަން ރުފިޔާ ދިނުމަށާއި ޖުވެނައިލް ކޯޓަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ގާސިމް ހުށަހެޅުއްވި އިސްލާހުތަކުގައިވެ އެވެ.
ގާސިމް ހުށަހެޅުއްވި 14 އިސްލާހު މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ