ރާއްޖެއަށް އައުމަށް ފަތުރުވެރިން ދެން ބޭނުންވާނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް!

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖެ އައުމުގެ 72 ގަޑިއިރު ކުރިން ކޮވިޑަށް ޓެސްޓުކުރުމަށް އޮތް އުސޫލަށް ބަދަލުގެނެސްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީއިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައެވެ.
ޓޫރިޒަމް މިނިސްޓްރީއިން ކޮަށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފަތުރުވެރިން މިއަދުން ފެށިގެން ރާއްޖެ އައުމުގެ 96 ގަޑިއިރުނުވާ ކޮވިޑް ނެގެޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ހުށައަޅަންޖެހޭނެކަމަށެވެ. މިގެނެވުނު ބަދަލާއެކު އެހެން ދުރު ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެކަމަށް އުންމީދުކުރާކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދީ ހާލަތު ކުރިއެރުވުމަށް މިއަހަރުގެ ޖުލައިމަހުގެ 15ވަނަ ދުވަހު ބޯޑަރތައް ވަނީ ހުޅުވާލާފައެވެ. ނަމަވެސް ފަތުރުވެެރިން އަންނަ އަދަދު އަދިވެސް ދަށްވުމާއި ގުޅިގެން އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުންތައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ