"މެޖިކަލް މޮމެންޓް" ގެ ފަހު ދެޝޯ މިރެއާއި މާދަމާ ހަވީރު ހުޅުމާލޭގައި

ސްރީލަންކާގެ ގާދޫގަރު އެމިލް އެރަންގާ އާއެކު ލެގަސީ ސުޓޫޑިއޯއިން ކުރިޔަށްގަންދާ "އަ މެޖިކަލް މޮމެންޓް" ޓްއާގެ އެންމެ ފަހު ދެ ޝޯ މިރެ އާއި މާދަމާ ހަވީރު ބާއްވާ ގޮތަށް ނިންމައިފި އެވ.
ލެގަސީ ސްޓޫޑިއޯއިން ބުނީ ފުރަތަމަ ޝޯ އޮންނާނީ މިރޭ 8:00 ޖަހާއިރު ކަމަށާއި ދެވަނަ ޝޯ މާދަމާ ހަވީރު ކަމަށެވެ. ދެ ޝޯވެސް އޮންނާނީ ހުޅުމާލޭ ލާލޭ އިންޓަނޭޝަނަލް ސްކޫލްގަ އެވެ. އަދި ބުނީ މި ދެ ޝޯ ބާއްވަނީ މާދަމާއަކީ ކުޑަކުދިންގެ ދުވަހަށްވާތީ ކުޑަކުދިންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި 50ރ. އަށް ޓިކެޓް ވިއްކައިގެން ކަމަށެވެ. އަދި އެ ދެ ޝޯގެ ޓިކެޓް ސޭލްގެ 25 ޕަސެންޓް ސްކޫލަށް ހަދިޔާ ކުރާނެ ކަމަށެވެ.
މި ދެޝޯއަށް ގިނަ ބަޔަކަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިރޭ 7:00 ޖަހާއިރުގަ އާއި މާދަމާ މެންދުރުފަހު 3:00 ޖަހާއިރު 100 މީހުންގެ ޖާގައިގެ އިތުުރު ފެެރީއެއް ހުޅުމާލެއަށް ބާއްވާނެ ކަމަށް ވެސް ލެގަސީ ސްޓޫޑިއޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ