އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީވަނީ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިސޯރުކޮށްފައިކަމަށް ކަމަށް އާއްމުކޮށް ރައީސް ނަޝީދަށް ޒާތީ ހަމަލާތައް ދެއްވާ ރައީސް ޔާމީނުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ފޭސްބުކްގައި އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ އިދިކޮޅު އެމްޑީޕީ ހިސާރުކޮށްފައިވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން "ލާދީނީ ބަޔަކު" ކަމުގައެވެ. އަދި އިންސާފުވެރި ދެފުއްފެންނަ އިންތިހާބެއް ބާއްވައިފި ނަމަ އެމީހުންގެ ކިބައިން އެމްޑީޕީ ސަލާމަތްވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު މިމޭރުމުން ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ފާހަގަ ކުރި އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހާއި ގުޅިގެންނެވެ.
މީގެ އިތުރުން އެމްޑީޕީގެ އެތެރޭގައި ޑިމޮކްރަސީގެ ހަމަތައް ފުނޑުފުނޑުކޮށްލާފައިވާ ކަމަށާއި، އެމްޑީޕީ ސަލާމަތް ކުރުމަށް އެޕާޓީގެ ކުރީގެ ބައެއް ލީޑަރުން މަސައްކަތް ކުރެއްވި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ރައީސް ނަސީދަށް ޒާތީގޮތުން ދޭތެރެ ދޭތެރެއިން ހަމަލާދެއްވާ އުމަރު މީގެ ކުރިން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައިވެސްވަނީ ރައީސް ޔާމީނާއި ގޭންގުތަކާއި ގުޅުވައިގެން ވާހަކަ ދައްކަވާފައެވެ. ނަމަވެސް ފަހުން ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވުމުން އުމަރުވަނީ ރައީސް ޔާމީންގެ ސަރުކާރަށް ބައިއަތު ހިއްޕަވާ ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ.
އެމްޑީޕީވަނީ ހިސޯރުކޮށްފައި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ