ރައްތިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ސައުދު ފުލުސް އޮފީހަށް ހާޒިރުކުރީ މިރޭ 10:00 ގައެވެ.
މީގެ ކުރިންވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ސައުދުގެ މައްޗަށް ކުރަނީ ހައިކޯޓްގެ ފަނޑިޔާރަކު އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކަމުގައެވެ. ސައުދު ވިދާޅުވީފުލުހުންގެ ތުހުމަތު ތަކަކީ ދޮގު ހުތުމަތުތަކެއް ކަމަށާއި އެތުހުމަތު ތަކަށް އިންކާރު ކުރައްވާ ކަމުގައެވެ.
ޕީޕީއެމް ދެ ބައިވެ ރައީސް މައުމޫނު ފެކްޝަނުގައި ހުންނެވި ސައުދުގެ މައްޗަށް ހައިކޯޓްގެ ފަނޑިޔާރަކު އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކުރާއިރު ސައުދުއާއި ގާތް ގުޅުމެއް އޮންނަ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ހަނީފުގެ މައްޗަށްވެސްވަނީ ހައިކޯޓްގެ ފަނޑިޔާރު ސުޖާއު އުސްމާނު އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައެވެ.
އެމައްސަލާގައި ހަނީފު ހައްޔަރުކޮށްފައިވަނިކޮށް އޭނާވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހަނީފު މިހާރުހުރީ ޝަރުތު ތަކަކާއި އެކު ބަންދުން ދޫކޮށްލާފައެވެ
މެމްބަރު ސައުދު ފުލުހަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ