ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށާއި , ވީ އެންމެ އަވަހަކަށް ގާސިމް ރާއްޖޭން ބޭރަށް ފޮނުވައި ދިނުމަށް އޭނާގެ ވަކީލުން ސަރުކާރަށް ގޮވާލައްވައިފި އެވެ.
ގާސިމްގެ ސިއްހީ ހާލު ގޯސްވެފައިވާތީ ވަކީލުން އެދިފައިވަނީ އޭނާގެ ޕާސްޕޯޓު ވީހާވެސް އަވަހަކަށް ދޫކޮށްލައި، ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ.
ވަކީލުން ފާހަގަކުރި ގޮތުގައި ގާސިމްގެ ފުރާނަ އަށް ނުރައްކާވީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ސަބަބުން ކަމަށާއި އެ ގޮޅިއަކީ އިންސާނަކު އުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ.
ގާސިމްގެ ހާލު ސީރިއަސްވެ، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށް މިދިޔަ އާދިއްތަ ދުވަހު މަސައްކަތް ކުރެއްވި ނަމަވެސް ގާސިމްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
"ފުރަތަމަ ގާނޫނުގައި އޮތީ ލިޔުންތައް ހަވާލުކުރުން. ދެން އިބްތިދާއީ އަޑުއެހުން ބޭއްވުން، އެއަށް ފަހު ޝަރީއަތުގެ އަޑުއެހުން ބޭއްވުން. މި މައްސަލައިގައި ވީ ގޮތަކީ ލިޔުންތައް ހަވާލުކޮށް، އިބްތިދާއީ އަޑުއެހުން ފުންމައިގެން (ނުބާއްވާ) ގޮސް ޝަރީއަތާ ހަމައަށް ކުއްލިއަކަށް ދިޔައީ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.
ގާސިމް އެޑްމިޓް ކުރީ ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތަކެއް ކުރިމަތިވެގެންނެވެ. އެހެންވެ، ގާސިމްގެ ހިތުގެ ހާއްސަ ސްކޭނެއް ހެދުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.
ގާސިމް ގެ ފުރާނަ އަށް ވަނީ ނުރައްކާވެފައި , ބޭރުން ފަރުވާ ހޯދަން ޖެހޭ: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ