ބޮޑު ބަލަދަލަކާއި، އާ ނަމަކާއެކު ހުޅުވުނު "ރަސްރަނި ބަގީޗާ" ގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މިއަދު ހަވިރު 16:00 އިން 18:00 އަށް ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ރަސްރަނި ބަގީޗާގައި އޮންނާނެކަމަށާއި، އެ ހަވީރުގައި ބައިވެރިވުމަށް ހުރިހާ ކުޑަކުދިންނަށް ދައުވަތު އަރުވާ ކަމަށެވެ.
މިއަދު ހަވީރު ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ހައުސިންގ މިނިސްޓްރީގެ ފަރާތުން ބާއްވާއިރު، މިއަދުން ފެށިގެން ހުރިހާ ދިވެހިންނަށް ރަސްރަނި ބަގީޗާއަށް މުޅިން ހިލޭ ވަދެވޭނެއެވެ. އަދި ބިދޭސީން ރަސްރަނި ބަގީޗާއަށް ވަނުމަށް ފީއެއް ނަގާނެއެވެ.
ހައުސިންގ މިނިސްޓަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، މި ބަގީޗާ ވެގެންދާނީ ދިވެހި ހުރިހާ ކުދިން މިތަނާއިމެދު ފަހުރުވެރިވާނެ ފަދަ ތަނަކަށް ކަމަށެވެ.
"ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ރޭގަނޑު 12:00 އަށް ހުކުރު ދުވަސް ފިޔަވާ ހުންނާނެ. ހުކުރު ދުވަހު މެންދުރު 11:00 އިން 14:00 އަށް ބަންދުވާނެ. އެހެން ނޫނިއްޔާ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ރޭގަނޑު 12:00 އަށް މިތަނުން އާއިލާތަކުން ހިތްހަމަ ޖެހޭނެ ވަގުތުތަކެއް ހޭދަކުރައްވާނެ ތަނެއްކަމަށް އަޅުގަނޑު އުއްމީދު ކުރަން". މުއިއްޒު ވިދާޅުވިއެވެ.
ރަސްރަނި ބަގީޗާ ހުޅުވުނީ ވަރަށް ބޮޑު ބަދަލަކާއެކުގައެވެ. އަދި ،މުޅި ތަން އެއްކޮށްހެން ގޮތަކަށް ވަނީ ބަދަލުތަކެއް ގެނެސް ކުޑަކުދިންނާއި، އާއިލާތަކަށް ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބެވޭނެ ތަނަކަށެވެ.
މިއަދު ހަވީރު ރަސްރަނި ބަގީޗާގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ