އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރުގެ ނަން ފޮނުވައިފި!

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް ސީއެމްޑީއޭގެ ސީއީއޯ ކަން ކުރައްވާފައިވާ އަހުމަދު ނަސީރުގެ ނަން ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ހާމަ ކޮށްފައި ވަނީ، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ކުރިން ނަން ފޮނުއްވި ނީޒާ އިމާދުގެ ނަން ގެންނަވައި ކ.މާފުށި، މުސްތަރީގެ، އަހުމަދު ނަސީރުގެ ނަން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
 އަހުމަދު ނަސީރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ( ސީއެމްޑީއޭ)ގެ ސީއީއޯ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ. ސީއެމްޑީއޭގެ ސީއީއޯގެ މަގާމު ނަސީރު އައްޔަނުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ނަސީރު ވަނީ އެމްއެމްއޭގެ އިސް މަޤާމުތަކެއް ވެސް ފުރުއްވާފަ އެވެ.
 އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނަސީރުގެ ނަން މަޖިލީހަށް ފޮނުވާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ގަވަރުނަރުގެ މަގާމުގައި ހުންނެވި އަޒީމާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާދެއްވާފައި ވަނީ އޭނާގެ ފިރިކަލުން އަލީ ނަސީރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށް ނިންމެވުމުމާއި ގުޅިގެންނެވެ.  
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ