ވިޔަފާރިތަކުން ކަރަންޓުގެ ހިދުމަަތަށް ނަގަމުން އަނނަ އަގުތަކަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފރަޢިސް ސޯލިހު މިހެން ވިދާޅުވީ އއ. ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ދެއްކެވި ވާހަކަ ފުޅުގަ އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް އެއް މައްސަލައަކީ ކަރަންޓު ބިލް ބޮޑުވުންކަމަށެވެ. އެހެން ނަމަވެސް މާލެ އާއި އަތޮޅުތެރޭގައި ކަރަންޓު ބިލް ތަކުގައި ހުންނަ ފަރަގު ކުޑަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ މިހާރު ހައްލެއް ހޯދައިދޭން ޖެހިފައިވަނީ ވިޔަފާރިތަކުގެ ކަރަންޓު ބިލްތަކަށް ކަމަށާއި އެ ކަމަށްވެސް ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށެވެ.
“އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށް ފަހުގައި ފެނަކަ އާއި އެމްޑަބްލިޔުއެސްސީ އަދި ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއާއެކު އިށީނދެ މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން. އިރާދަކުރެއްވިއްޔާ މި ކަމަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭނަން،” ރައީސް ވިދާޅުވިއެވެ.
ވިޔަފާރިތަކުގެ ކަރަންޓު ބިލަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ކަރަންޓު އަގުހެޔޮ ކުރަން ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ގަރާރެއްވެސް ހުށަހަޅާފައިވެއެވެ.
ވިޔަފާރިތަކުން ނަގާ ކަރަންޓުގެ އަގަށްހެޔޮ ބަދަލެއް ގެނެސްދޭނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ