މި ހިނގާ ޑިސެމްބަރު މަސް ނިމެންދެން ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގަތުން ހުއްޓާލައިފިއެވެ.
މައްސަލަ ބަލައިގަތުން ހުއްޓާލާފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ. އަލުން މައްސަލަތައް ބަލައިގަންނަން ފަށާނީ 2015 ވަނަ އަހަރު ފެށުމުންނެވެ.
މިއީ އިދާރީގޮތުން ނިންމަންޖެހޭ ރިޕޯޓުތައް ނިންމުމަށް ކޮންމެ އަހަރަކު ވެސް އެ ކޯޓުން އަމަލުކުރަމުން އަންނަ އުސޫލެކެވެ.
ކްރިމިނަލް ކޯޓުގައި ދައުވާ އުފުލުމުގެ ބާރު ހަމައެކަނި ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިފައި ވީނަމަވެސް ގާނޫނާ ޚިލާފަށް މީހަކު ހައްޔަރުކޮށްފިނަމަ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު އެކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.
އަދި ޖިނާއީ ކުށްތަކުގެ ތެރެއިން 18 އަހަރުން މަތީގެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިގެންވާ ހަމައެކަނި ކޯޓަކީ ކްރިމިނަލް ކޯޓެވެ.
މި މަހުގެ ނިޔަލަށް ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގަތުން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ