އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނަގައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރި މައްސަލައިގައި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓުން ނަގައިފިއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިރޭ 8:30 ގައި ބާއްވަން މަސައްކަތްކުރަނިކޮށް ސުޕްރީމް ކޯޓުން ފޮނުވި އެންގުމުގައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ސިވިލް ކޯޓަށް އެއްވެސް މައްސަލައެއް ހުށަހެޅިފައިވާ ނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ މައްސަލައިގެ ފައިލްތަށް ސުޕްރީމް ކޯޓަށް ފޮނުވުމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެ ފިޔަވަޅެއް ވަގުތުން ބާތިލް ކުރުމަށް ވެސް އަންގާފައިވެ އެވެ. ސުޕްރީމް ކޯޓުން މިގޮތަށް އެންގުމާ ގުޅިގެން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމާ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.
މިރޭގެ ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ ޖަމީލް މޫސާ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބެނީ ޖޭއެސްސީއަށް ނަމަވެސް މައްސަލައިގެ ބާވަތުން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީސް ވެސް އެ މައްސަލައިގެ ތެރެއަށް ވައްދައި، ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވި ނަމަވެސް ދައުލަތުގެ ޝަރީއަތަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީއަށް ޗިޓް ރައްދު ނުކުރެވޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ