ފަލަސްތީނުގެ ހުރިހާ ރައްޔިތުން މަރަން ޖެހޭނެ ކަމަށާއި ފަލަސްތީން ރައްޔިތުންނަށް މަރު ޙައްޤު ކަމަށް ގޮވާލި މަޝްހޫރު ކޮމޭޑިއަން އަދި ފިލްމް ޕްރޮޑިއުސަރ ޖޯން ރިވާސް މަރުވެއްޖެ އެވެ.
ނިއުޔޯކްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ޖޯން ރިވާސް މަރުވެއްޖެ ކަން އޭނާގެ އަންހެން ދަރިފުޅު ދެންމެ ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރު ކޮށްދީފައެވެ.
ޖޯން ރިވާސްގެ ހާލު ކުއްލިއަކަށް ގޯސްވެ މިދިއަ ހަފްތާގެ ބުރާސްފަތި ފަރުވާ ދޭން ފެށީ ކަރުގެ ސާޖަރީ އެއް ކުރަމުން ދަނިކޮށް ކުއްލިއަކަށް ނޭވާލުން ހުއްޓި، ކޯމާއަކަށް ދިޔުމުންނެވެ.
ޣައްޒާގައި ދާދިފަހުން އިސްރާއިލުން ހިންގި ލާއިންސާނީ އަސްކަރީ އޮޕަރޭޝަނަށް ތާއިދު ކުރާކަން ހާމަކުރުމުގެ ގޮތުން އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ޖޯން ރިވާސް ބުނެފައި ވަނީ ޣައްޒާ އަށް އިސްރާއީލުން އޭރު ދެމުންދިއަ ހަމަލާތަކަކީ ޣައްޒާގެ ރައްޔިތުން ހަނގުރާމަ ފެށުމުން ދޭން ފެށި ހަމަލާތަކެއް ކަމަށެވެ.
“ހަނގުރާމަ ފެށީ ކަލޭމެން. މިހާރު މަރުވަމުންދާ މީހުންގެ އަދަދެއް އަހަރެމެން ގުނާކަށް ބޭނުމެއް ނޫން. ހަނގުރާމަ ފެށުމުން ކަލޭމެންގެ މައްޗަށް މަރު ޙައްޤު ވެއްޖެ.” ޖޯން ރިވާސް ޣައްޒާގެ ރައްޔިތުންނަށް އިޝާރާތްކޮށް އެދުވަހު ބުނެފައި ވެއެވެ.
އެދުވަހު ޖޮއާން ރިވާސް ބުނީ ހަމާސް އިން ޣައްޒާގައި ހިނގަމުން ގެންދާ ސަރުކާރަކީ ޓެރަރިސްޓް ސަރުކާރެއް ކަމަށެވެ.
ޖޯން ރިވާސް އަކީ އެމެރިކާ ރައްޔިތެކެވެ. ޓީވީ ޝޯތައް ހުށަހަޅާ ފިލްމް ޕްރޮޑިއުސް ކުރުމުގެ އިތުރުން ޖޯން ރިވާސް އަކީ މަޝްހޫރު ލިޔުންތެރިއެކެވެ.
ފަލަސްތީން ރައްޔިތުން މަރަން ޖޯން ރިވާސް ގޮވާލިތާ މަސްދުވަސް ނުވަނީ ނޭވާ ހުއްޓި ކޯމާއެއްގައި އޮތުމަށް ފަހު މަރުވެފައިވާ އިރު، ފަލަސްތީން ރައްޔިތުންނަށް އެންމެ އަނިޔާވެރިވި އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު އޭރިއަލް ޝެރޯން ވެސް މަރުވީ 8 އަހަރު ދުވަހު ކޯމާއެއްގައި އޮތުމަށް ފަހު ގައެވެ.
ފަލަސްތީނުގެ ހުރިހާ ރައްޔިތުން މަރަން ގޮވާލި އަންހެނާ މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ