އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލައެއް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުން ބުނީ އަލީ ވަހީދާއި މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 25 މާޗް 2010 ވަނަ ދުވަހުގެ ރޭ، މުލިއާގޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއްފަރާތްކޮށް އަދި އެތަނުގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާތީ ވާޖިބު އަދާކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މިމައްސަލާގައި އަލީ ވަހީދާ މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް ކުރިން ފޮނުވި ނަމަވެސް އެ މައްސަލަ އަނބުރާ ގެނެސްފައިވަނީ ސިވިލްސާވިސް ކޮމިޝަނަށް ވަދެ އަޑުގަދަކޮށް ހެދިކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމުމަށްފަހު ފުލުހުން ޕީޖީއަށް ނުފޮނުވުމުންނެވެ.
އަލީ ވަހީދާއި މަހުލޫފުގެ މައްސަލަ ދެވަނަ ފަހަރަށް ފޮނުވާލާފައި މިވަނީ ސީއެސްސީ އަށް ވަދެ އަޑުގަދަކުރި މައްސަލައިގައި ދައުވާ ކުރުމަށް ނިންމާފައިވާ ދެ އެކްޓިވިސްޓުންގެ މައްސަލައާ ވެސް އެކުއެވެ. ސިވިލް ސާވިސް ކޮމިޝަނަށް ވަދެ އަޑުގަދަކުރި މައްސަލައިގައި ދައުވާކޮށްފައިވަނީ އެމްޑީޕީގެ އިސް ދެ އެކްޓްވިސްޓުންކަމަށްވާ މއ. ކުޑަދުންމާރިގޭ މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) އާއި ގ. ހެޕީ ސައިޑް ހުސައިން އިލްހާމްގެ މައްޗަށެވެ.
ޕީޖީ އޮފީހުން މިދެމައްސަލަ ވެސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިމަހުގެ16 ވަނަ ދުވަހު ކަމަށެވެ.
މަހްލޫފާއި އަލީ ވަހީދުގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ