ސީޕީ ރިޔާޒް އޮސްޓްރޭލިއާގައި

ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އޮސްޓްރޭލިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި ވެސްޓަން އޮސްޓްރޭލިއާގެ ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި މިބައްދަލު ވުމުގައި ދެޤައުމުގެ ފުލުހުންގެ މެދުގައި ސޮއި ކުރެވިފައިވާ އެމް. އޯ. ޔޫ އަލުން ރިވިއު ކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ފުލުހުން ތަމްރީނު ކުރުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން ވެސްޓަން އޮސްޓްރޭލިއާގެ ތަޖްރިބާކާރު ފުލުހުން ރާއްޖެއަށް ފޮނުވައި ދިވެހި ފުލުހުންނަށް ވެސްޓަން އޮސްޓްރޭލިޔާގެ ފުލުހުންނާއެކު އެޓޭޗްމަންޓް ޕްރޮގްރާމްތައް ހިންގުމަށްވެސް މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން ދެޤައުމުގެ ފުލުހުންގެ މެދުގައި އެކިގޮތް ގޮތުން އިންސާނީ ވަޞީލަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޢުލޫމާތު ބަދަލު ކުރެވިފައިވެއެވެ.
މިބައްދަލު ކުރެވުމުންގައި ވެސްޓަން އޮސްޓްރޭލިއާގެ ކޮމިޝަނަރުގެ އިތުރުން ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެފައިވެއެވެ. ދިވެހި ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒްގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޒް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާރޑް އިބްރާހިމް ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މިދަތުރު ފުޅަކީ އެފްބީއައި ނޭޝަނަލް އެކަޑެމީ ރީޓެއިނަރ ކޮންފަރެންސްގައި ބައިވެރިވުމަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ