އެމްޑީޕީ ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރީ މުޒާހަރާކޮށްފި

އެމްޑީޕީ ސަޕޯޓަރުންތަކެއް ސުޕްރީމް ކޯޓު ހުންނަ ސަރަހައްދުގައި މުޒާހަރާކޮށްފި އެވެ.
މި މުޒާހަރާގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. މުޒާހަރާގައި 100 ވަރަކަށް މީހުން ބައިވެރިވި އެވެ.
މުޒާހަރާގެ ބައިވެރިން އެންމެ ފުރަތަމަ އެއްވެފައިވަނީ ސުޕްރީމް ކޯޓު ކުރިމައްޗަށެވެ. ނަމަވެސް ސިފައިން ނިކުމެ މުޒާހަރާގެ ބައިވެރިން ވަނީ ބަންޑާރަ މިސްކިތާއި ހަމައަށް ފަހަތަށް ޖައްސާފައެވެ. އަދި ފަހުން ފުލުހުން އައިސް މިހާރު ވަނީ އެސްޓީއޯ އާއި ހަމައަށް ފަހަތަށް ޖައްސާފައެވެ.
އަދި ވާދީ ހާޑްވެއާ އާއި ހަމައަށް ފަހަތަށް ޖެއްސުމުން މުޒާހަރާ ކުރާ މީހުން މުޒާހަރާ ކުރުން ވަނީ ނިންމާލާފައެވެ.
މުޒާހަރާކުރިއަށް ދާއިރު އެއްވެސް ވަރަކަށް ހަމަނުޖެހުމެއް ނުހިނގި ނަމަވެސް ފުލުހުންނާއި ދިމާލަށް އެމްޑީޕީ ސަޕޯޓަރުން ވަނީ ބަހުގެ ހަމަލާތަކެއް ފޮނުވާފައެވެ.
އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގައި ބައިވެރިވި 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ