ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ގެކޮޅު މ.މާފަންނުވިލާ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެރެފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނެފައި ވަނީ، އެފަދަ އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައި ނުވާ ކަމަށެވެ.
ފުލުހުން ވެސް ވަނީ، އެފަދަ އަމުރެއް ނެރެދިނުމަށް އެދިފައި ނުވާ ކަމަށ ހާމަކޮށްފައެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ޢާންމުކުރި ބަޔާނެއްގައި، ފުލުހުން ބުނެފައި ވަނީ މ.މާފަންނުވިލާ ބަލައި ފާސްކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
"މ.މާފަންނުވިލާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރަން އުޅޭކަމަށް ބުނެ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދެކެވޭތީ ދަންނަވަމެވެ. އެވާހަކަތަކަކީ އޭގައި އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމުގައި ރައްޔިތުންނާ މީޑިއާ ތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ނަމަވެސް، މ.މާފަންނުވިލާ ބަލައި ފާސްކުރުމަށް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް ޖުމްހޫރީ ޕާޓީއިން ވަނީ ބުނެފައެވެ.
މި ޚަބަރު ފެތުރުމާ އެކު، ޖުމްހޫރީ ޕާޓީއަށް ސަޕޯޓުކުރާ ގިނަ ބަޔަކާއި، އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ އެސަރަހައްދަށް ޖަމާވެފައެވެ. އޭގެ ތެރޭގައި، އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދާއި، ޗެއަރޕާސަންގެ ނާއިބާއި އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ހިމެނެއެވެ.
މާފަންނުވިލާ ބަލައި ފާސްކުރުމަށް އުޅުނު ޚަބަރު ފުލުހުންނާއި ކްރިމިނަލް ކޯޓުން ދޮގު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ