ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - ފެޑެރޭޝަން އިންޓަނޭޝަލް އޮޓޯމޮބައިލް (އެފްއައިއޭ)ގެ ރައީސް ކަަމަށް، އެމެރިކާގެ ޓިމް މާޔާ ކުރިމަތިލާނެކަން އިއުލާނުކޮށްފި އެވެ.
ޓެޑީ މާޔާގެ ކޯ ފައުންޑަރު، މާޔާ، އެފްއައިއޭގައި އަދާ ކުރަމުން އައި ސްޓެވާޑްގެ މަގާމުން އޭނާ ވަކިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭނާގެ މައްޗަށް ކުރި ތުހުމަތަކީ، އެފްއައިއޭގެ ރައީސަކަށް ހުންނެވި، ޔޫއޭއީގެ މުހައްމަދު ބިން ސުލެޔަމްއާ ދެކޮޅަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރައި، ކަންތައްތަކެއް ހާސިލް ކުރަން އުޅުމެވެ.
މާޔާ ބުނީ، އޭނާ އެފްއައިއޭގެ ރައީސް ކަމަށް ކުރިމަތިލަނީ މިހާރު އެ ކުޅިވަރު އޮތް ހިސާބުން ކުރިއަށްގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި، މިއީ އެއްވެސް ވިސްނުމެއްގައި، މިހާރުގެ ރައީސް، ސުލެޔަމްގެ ކިބައިން ބަދަލުހިފުމުގެ ރޫހުގައި ކުރާ ކަމެއް ނޫން ކަމަށް ތަަކުރާރުކޮށް، މާޔާ ވަނީ ބުނެފަ އެވެ.
އޮޓޯމޮބައިލް ކުޅިވަރުގެ ތެރޭގައި 15 އަހަރު މަސައްކަތް ކުރުމުން، އެކި ވިސްނުމުގެ މީހުންނާ އެކު މަސައްކަތް ކުރަން ދަސްވެފައިވާ ކަމަށާއި އެކި ލެވަލްގައި މަސައްކަތް ކޮށްފައި ހުރުމަކީ އޭނާ އަށް އެންމެން އެއް މިސްރާބަކަށް ގެންދެވޭނެ ސަބަބެއް ކަމަށް ވެސް މާޔާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
އެފްއައިއޭގެ ރައީސަކަށް ސުލެޔަމް އިންތިހާބުވެވަޑައިގަތީ، 2021 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ. މި ފަހަރުގެ އިންތިހާބުގައި ވެސް އޭނާ ވާދަކުރައްވާއިރު، ޑިސެމްބަރުގެ ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް ބުނެ މާޔާ އެފްއައިއޭގެ ރައީސްކަމަށް ކުރިމަތިލަނީ ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް ބުނެ މާޔާ އެފްއައިއޭގެ ރައީސްކަމަށް ކުރިމަތިލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ