ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލާނީ އަޅުގަނޑު: އުމަރު ނަސީރު
އިންޑިއާ ސިފަައިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އަދި އިންޑިއާ ސިފައިން ދުއްވަމުން ދާ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާލާނެ މީހަކީ އަޅުގަނޑު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އިންޑިއާ ސިފަައިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން އާކޮށް ހެލިކޮޕްޓަރުތައް ބޭނުން ކުރަން ސަރުކާރުން އަލުން ފެށުމުން، އުމަރު ނަސީރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ހެލިކޮޕްޓަރުތައް ފޮނުވާލެވުނު ކަމަށް ނުވި ކަމަށާއި އެ ހެލިކޮޕްޓަރުތަށް އަނބުރާ ފޮނުވާލާނެ ވެރިއަކީ އަޅުގަނޑު ކަމަށެވެ.ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ބޭނުން ކުރުމަށް އިންޑިއާއިން ދެ ހެލިކޮޕްޓަރު ފުރަތަމަ ގެނެސްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ