އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ މެމްބަރަކަށް މި ފަހުން އައްޔަނުކުރެއްވި އަބްދުﷲ ނާޝިދަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ މެމްބަރަކަށް މި ފަހުން އައްޔަނުކުރެއްވި އަބްދުﷲ ނާޝިދަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އޭސީސީގެ ނައިބަކަށް އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޯދަން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ފޮނުއްވީ އަހުމަދު ނާޝިދުގެ ނަމެވެ.
ނަމަވެސް، ރައީސް ވަނީ އެ ނިންމެވުން ބަދަލުކުރައްވައި، އަހުމަދު ނާޝިދުގެ ބަދަލުގައި އޭސީސީގެ މެމްބަރު އަބްދުﷲ ނާޝިދު އައްޔަނުކުރައްވަން، މަޖިލީހުގެ ރުހުން ހޯދުމަށް އަލުން ފޮނުއްވައިފަ އެވެ. އެކަމަކު އެ ނިންމެވުން ބަދަލުވުމުގެ ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް ހުށަހެޅުއްވި ގޮތަށް، އޭސީސީގެ ނައިބަކަށް އަބްދުﷲ ނާޝިދު އައްޔަނުކުރަން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ނެގުނު ވޯޓުގައި ފެންނަ ކަމަށް ފާސްކޮށްފައިވަނީ 69 މެމްބަރުންގެ އިއްތިފާގުންނެވެ.
އޭސީސީގެ ގާނޫނަށް މިދިޔަ އަހަރުގެ ތެރޭގައި ގެނައި އިސްލާހުގެ ދަށުން، އެ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސަކު މަޖިލީހުގެ ރުހުމާ އެކު އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.އަހުމަދު ނަޝީދާއި އަބްދުﷲ ނާޝިދު އަކީ އޭސީސީއަށް އެންމެ ފަހުން އައްޔަނުކުރެއްވި ދެ މެމްބަރުންނެވެ. މިގޮތުން، އެ ދެ ބޭފުޅުންވެސް އޭސީސީއަށް އައްޔަނުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދެ ބޭފުޅުންނަށް އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އޭސީސީގެ ނައިބަކަށް އަބްދުﷲ ނާޝިދު އައްޔަނުކުރަން މަޖިލީހުން ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ