ދައުލަތުގެ އިއުތިރާޒާ ދެކޮޅަށް، މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން އެ ކޯޓުން މިއަދު ނިންމައިފިއެވެ. ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހު ބާތިލުކޮށްދޭން އެދި ހުށަހެޅި މައްސަލަ އިއްޔެ ވަނީ ސުޕްރީމް ކޯޓުގައި ފަށާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވެސް އެބަ ބާއްވައެވެ. ދައުލަތުން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައެވެ. އެ އިޖުރާއީ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ އެ ކޯޓުގެ މުޅި ބެންޗުގައި މަޝްވަރާކުރުމަށް ފަހު، މިއަދު ނިންމާފައިވަނީ މި މައްސަލަ ކުރިއަށް ގެންދާށެވެ. އެއަށް ފަހު، މައްސަލަ ކޯޓުން ބެލޭނެތޯ ފަނޑިޔާރުންނަށް ފެންނަ ގޮތް ހުކުމުގައި ހިމަނަން ވަނީ ނިންމައިފައެވެ. ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ