ނިޔާވި ޒުވާނާގެ ފޮޓޯ އާއި ވީޑިއޯ އާންމު ނުކުރަން ފުލުހުން އެެދިއްޖެ

ފުލުހުން ބުނީ ހުޅުމާލޭގައި އިމާރާތެއްގެ މަތިން ވެއްޓި މީހާކު ނިޔާވި ހާދިސާ އެ ހިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ މަތިން ވެއްޓި ނިޔާވި ޒުވާނާގެ ހަށިގަނޑު އެ ސަރަހައްދުގައި އޮއްވާ ނަގާފައިވާ ފޮޓޯތަކާ ވީޑިއޯތައް ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރަން ފުލުހުންގެ އެދިއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ހ. ގިނިރާހިއާގެ، އިބްރާހިމް ޝަރަފް ކަމަށެވެ. މިއީ އުމުރުން 31 އަހަރުގެ ޒުވާނެކެވެ.ޝަރަފް ވެއްޓިފައި އޮއްވައި ފެނިފައި ވަނީ ސްޓެލްކޯ ސީ-ޓަވަރުގެ ބިއްދޮށުގައި އޮއްވަ އެވެ. އޭނާ ވެއްޓިފައި އޮއްވައި ފުރަތަމަ ފެނުނީ އާންމުންގެ ބަޔަކަށެވެ. އެ ސަރަޙައްދުގައި ޝަރަފުގެ ހަށިގަނޑު އޮއްވާ އަދި ހޮސްޕިޓަލަށް ގެންދަނިކޮށް ނަގާފައިވާ ފޮޓޯތަކާ ވީޑިއޯތައް ދަނީ އެކި މީހުން ދައުރު ކުރަމުންނެވެ.ފުލުހުން ބުނީ ހުޅުމާލޭގައި އިމާރާތެއްގެ މަތިން ވެއްޓި މީހާކު ނިޔާވި ހާދިސާ އެ ހިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ.އަދި ބުނީ އެ ޒުވާނާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާގެ އިހުސާސް ތަކަށް އިހުތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ