އުރީދޫއާ އެކު ރޯދަ މަހު 'ކަރާ ފަޅައިގެން' އެޕަލް 10 އުފެއްދުން ހިމެނޭ އަގުހުރި ބަންޑްލްއެއް

ކޮންމެ ރޯދަމަހެކޭ އެއްފަދައިން މި އަހަރުގެ ރޯދަމަހު ވެސް، އުރީދޫގެ
ކަސްޓަމަރުންނަށް ގިނަ ހަދިޔާތަކާއި އެކި އޮފާތައް ލިބޭ ޕްރޮމޯޝަންތަކެއް އެ ކުންފުނިން އިއުލާންކޮށްފި އެވެ.
މިއަހަރުގެ ރޯދަ މަހު އުރީދޫ 'ސުޕަ އެޕް' މެދުވެރިކޮށް ކުރިއަށްގެންދާ 'ކަރާ ފެޅުން'ގައި ބައިވެރިވެގެން އެޕަލް ބްރޭންޑުގެ އުފެއްދުންތައް ހިމެނޭ ބޮޑު ބަންޑްލްއެއް ހޯދުމުގެ ފުރުސަތު
މިއީ މިދިޔަ ދެ އަހަރު އުރީދޫ 'ސުޕަ އެޕް' މެދުވެރިކޮށް ކުރިއަށްގެންދިޔަ ؛ހަދިޔާ ފޮށި'ގެ ކާމިޔާބާ އެކު މިއަހަރު ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހު ލައިވްކުރާ މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ސުޕަ އެޕްގައި ފެންނަ ކަރާގައި ޓެޕްކޮށް، އެ ކަރާ ފަޅާލައިގެން ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު އެކްޓިވް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ކޮންމެ ދުވަހަކު ލިބޭ ބައެއް ހަދިޔާތައް:
ހިލޭ ޑޭޓާ އެޑް-އޮންސް
އެއާފްރަޔާ
ވެކިއުމް ކްލީނާ
ނިންޓެންޑޯ ސުވިޗް
އެޕަލް ވޮޗް
'ކަރާ ފެޅުން'ގެ ބޮޑު އިނާމު:
ނަސީބުވެރިއަކަށް އެޕަލްގެ އަގުހުރި 10 އުފެއްދުން ހިމެނޭ ބަންޑަލްއެއް
އެ ބަންޑްލްގައި ހިމެނޭނީ އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް އަދި 65 އިންޗީގެ ޓީވީއެއް
މިއީ އުރީދޫގެ މިއަހަރުގެ ރޯދަ ކެމްޕޭން އެވެ. މި ކެމްޕޭންގައި ކަސްޓަމަރުންނަށް ގެނެސްދޭނީ ނޫރު ނަމަކަށް ކިޔާ ކުއްޖެއްގެ ފަރާތުން އޭނާގެ ފުރަތަމަ ރޯދަމަހުގެ ސިފަކުރުންތަކެވެ.
ނޫރަށް އޭނާގެ
ބައްޕަގެ ފަރާތުން ހާއްސަ ފޮތެއް ލިބުމާއެކު، ރަމަޟާން މަހުގެ ރިވެތި ސިފަތައް
ކަމުގައިވާ ކެތްތެރިކަމާއި، ނަމާދާއި ދީލަތިކަން ޒަމާނީ އިސްލާމީ ވާހަކަތަކުން
ނޫރު ރޯދަމަހުގެ ދަތުރެއް ފަށަ އެވެ. ނޫރުގެ ތަޖުރިބާ މެދުވެރިކޮށް ރަމަޟާން މަހުގެ
އަސްލަކީ، އެ މަހަށްވުރެ ވެސް ބޮޑަށް ފެތުރިފައިވާ އެއްޗެއްކަން ހަނދާންކޮށްދީ،
އޯގާތެރިކަމާއި ވިސްނުމާއި އެއްބައިވަންތަކަމުން ފުރިގެންވާ ދިރިއުޅުމެއް
އުޅުމަށް މަގުދައްކައިދެ އެވެ.
އޭގެ އިތުރުން މި އަހަރުގެ ރޯދަމަހު ކަސްޓަމަރުންނަށް ލިބޭ އޮފާތަކުގެ ތެރޭގައި ހިމެނެނީ:
20 ޖީބީ ބޯނަސް ޑޭޓާ - ކަނޑައަޅާ ވަކި ޕެކޭޖުތަކެއް އެކްޓިވޭޓު ކުރުމުން ލިބޭ ބޯނަސް ޑޭޓާ
އާޗާ ދަން ދަން ޑޭޓާ - 'އާޗާ'ގެ ކަނޑައެޅިފައިވާ ޕެކޭޖުތައް އެކްޓިވޭޓު ކުރުމުން ދަންވަރު ގަޑީގައި 10 ޖީބީ ޑޭޓާ ލިބޭނެ
ފެމިލީ ޝެއާރިން ޑޭޓާ - މިއީ 799ރ.އަށް 150 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއް؛ އޭގެ ތެރެއިން 100 ޖީބީ ލިބޭނީ ކަސްޓަމަރަށް އަދި ބާކީ 250 ޖީބީ އިތުރު ދެ މީހަކާ ހިއްސާކުރެވޭނެ
ސުޕަނެޓް ޑޭޓާ އެޑް-އޮންތައް - ސުޕަނެޓްގެ ސްޕީޑު ބޫސްޓުކޮށްދޭ ހާއްސަ އެޑްއޮންތަކެއް
ސައުދީ އައިޑީޑީ ކޯލް އެންޑް ޗެޓު - ސައުދީއަށް ގުޅަން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ، 30 ދުވަހުގެ ވެލިޑިޓީ ހިމެނޭ 150ރ.ގެ އޮފާއެއް
އެމް-ފައިސާއިން އިފްތާރެއް ހަދިޔާކުރުން
އެމް-ފައިސާއިން ފިތުރު ޒަކާތް ދެއްކުން
ނަމާދު އެލާޓުތައް ހިލޭ - 'GO' ޖަހާފައި 4777އަށް މެސެޖުކޮށްލުމުން ކޮންމެ ނަމާދެއްގެ 15 މިނެޓު ކުރިން ފޯނަށް އެލާޓެއް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ