އެމްއެންޔޫން 349 ދަރިވަރުން ދަސްވެނިވެއްޖެ

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ 2024 ވަނަ އަހަރުގެ ދެވަނަ ޓާމްގައި ކިޔަވާ ނިމުނު 349 ދަރިވަރުން އިއްޔެ ދަސްވެނިވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވީ އެމްއެންޔޫގެ މައި މަރުކަޒުގައި ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ތަފްސީލް - ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ދަންފަޅީގައި ދަސްވެނިވީ ސްކޫލް އޮފް ނާސިން އަދި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނެވެ. އެއީ:
ސްކޫލް އޮފް ނާސިންގެ 101 ދަރިވަރުން
ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ޝަރަފްވެރިކޮށްދެއްވި ދެވަނަ ދަންފަޅީގައި ދަސްވެނިވީ:
ފެކަލްޓީ އޮފް އާރޓްސްގެ 26 ދަރިވަރުން
ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 62 ދަރިވަރުން
ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ 8 ދަރިވަރުން
ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ 3 ދަރިވަރުން
ބުނީ ކީކޭ؟ - ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝަހެނާޒް އާދަމް ވިދާޅުވީ އެމްއެންޔޫއަކީ ދިވެހިންގެ ފަހުރުވެރިކަމުގެ ނިޝާނެއް އަދި ދިވެހި ގައުމިއްޔަތުގެ ފުދުންތެރިކަމުގެ ރަމްޒެއް ކަމަށެވެ.
އެ ޔުނިވަސިޓީއަކީ ރާއްޖޭގެ މުސްތަގުބަލް ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ރާއްޖޭގެ މާޒީ އާއި މުސްތަގުބަލް ގުޅުވައިދޭ މުހިންމު ވަސީލަތެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހިން ބޭނުންވާ އިލްމާއި ހުނަރު އުފެއްދުމަކީ ގައުމީ ޔުނިވަސިޓީގެ މައިގަނޑު އަމާޒެއް،" އޭނާ ވިދާޅުވި އެވެ.
"މި މަގްސަދު ހާސިލްކުރުމަށްޓަކައި ޔުނިވަސިޓީން ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމާއި އެކި ދާއިރާތަކުން ތަފާތު ފެންވަރުގެ ކޯސްތައް ތައާރަފުކުރުމާ އަދި ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާ އެކު އިލްމު ހާސިލުކުރުމާއި ފެތުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި ޔުނިވަސިޓީގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ