އިންޑިއާ މާކެޓަށް ސްޓަރލިންކް ޚިދުމަތް ދޭން ފަށަން އެމެރިކާގެ ބިލިއަނަރު އަދި ސްޓަރލިންގްގެ ވެރިޔާ އީލަން މަސްކް ގެންގުޅުން ވިސްނުމާއި އެތައް ދުވަހަކު ދެކޮޅު ހެދުމަށްފަހު، އީލަންގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދިޔުމަށް މުކޭޝް އަމްބާނީގެ ރިލަޔަސްއިން ނިންމައިފިއެވެ.
ރިލަޔަންސް ޖިއޯއާއެކު ސްޓަރލިންކުން ކުއްލި ގޮތަކަށް އެއްބަސްވި އެއްބަސްވުމަކީ ޖިއޯގެ ފިހާރަތަކުން ސްޓަރލިންކް އިކުއިޕްމަންޓް އިންޑިއާގައި ވިއްކުމެވެ. ސްޓަރލިންކްގެ އިންޓަނެޓް ޚިދުމަތް ހޯދުމަށް ބޭނުންވާ އާލާތްތައް ޖިއޯގެ ފިހާރަތަކުން ވިއްކިނަމަވެސް، އަނެއްކޮޅުން އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް ޖިއޯއާއި ސްޓަރލިންކުން ވާދަވެސް ކުރާނެއެވެ.
ސްޓަރލިންކަށް އިންޑިއާގައި ސެޓެލައިޓް އެއަރވޭވްތައް ބޭނުންކުރަން ހުއްދަ ދޭން އެކުންފުނިން ހުށަހެޅި ގޮތާއިމެދު ޖިއޯއިން ދިޔައީ ދެކޮޅު ހަދަމުންނެވެ. އެހެންނަމަވެސް އެންމެ ފަހުވަގުތު އިންޑިއާ ސަރުކާރުން ނިންމީ މަސްކް ހުށަހެޅި ގޮތަށް ކުރިއަށް ދިޔުމަށެވެ. ރިލަޔަންސް ޖިއޯގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމުން ބޭރު ކުންފުންޏަކުން އައިސް އިންޑިއާގެ މާކެޓްގެ ލީޑް ނެގުމެވެ.
Advertisement
މާކެޓް ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ހުރިހާ ފަރާތްތަކަށްވެސް އެންމެ ފައިދާހުރި ގޮތެވެ. ސްޓަރލިންކުން ވަނީ ޖިއޯއާއެކު ސޮއިކުރުމުގެ އެއްދުވަސްކުރިން ބާރަތީ އެއަރޓެލްއާއެކުވެސް މިފަދަ އެއްބަސްވުމަކަށް އައިސްފައެވެ.
ސްޓަރލިންކުން އިންޑިއާގެ މާކެޓަށް ވަނުމުގެ ކަންކަން ފަހިވަމުންދާއިރު، ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އީލަން މަސްކް ވަނީ އެމެރިކާގައި ބައްދަލުކޮށްފައެވެ.
މަސްކްއާއި އަމްބާނީ އެއްގަލަކަށް: އިންޑިއާގައި ސްޓާރލިންކް ޚިދުމަތް ފަށަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ