އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އަދަދު އަށް ވިދާޅުވީ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 09:00 ޖަހާއިރު އެމްޑީޕީ ހަރުގޭގައި ކަމަށެވެ.
އެ ކުއްލި ބައްދަލުވުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ހޮވާފައިވާ ލީޑާޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރްއާރްޓީ) އިން އެދިގެން ބާއްވާ ބައްދަލުވުމެއް ކަމަށް އިބުރޭ ވިދާޅުވި އެވެ.
"ކުއްލި ޖަލްސާއެއް. އަހަރުމެންގެ އޮންނާނެ ޖީއެމްއިން ނަގާފައި ޕާޓީގައި ކުއްލިއަކަށް ދިމާވާ ހަރަކާތްތައް ހިންގުމަށް އެލްއާރްްއާރްޓީ ކޮމިޓީއޭ ކިޔާ ކޮމިޓީއެއް. އެ ކޮމިޓީން އެދިގެން ބާއްވާ ޖީއެމްއެއް. ކުއްލި ކޮންމެވެސް ކަމެއް. އެޖެންޑާއެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައި މިވަނީ ރޭ ޒުވާނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ވެސް ދޫކޮށްލަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
ޒުވާނުން މުޒާހަރާ ކުރަމުންދަނީ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވައިލަ އެވެ. މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރުމުން އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ