ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދުރާލާ ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝިމާދު ވިދާޅުވި ގޮތުގައި، ބާޒާރުގައި އަގު މައްޗަށް ދާ ބާވަތްތައް ދެނެގަތުމަށްޓަކައި ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓަރ ކުރަމުން ގެންދެއެވެ. އަދި މިހާރުވެސް އެސްޓީއޯއިން ގެންނަ މުދަލުގެ ތެރެއިން ލުނބޯގެ ފުރަތަމަ ޝިޕްމަންޓް ވަނީ ލިބިފައެވެ.
"ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުން މި ގެންދަނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދެނީ ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް،" ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރަމަޟާން މަހުގައި ޑިމާންޑު އިތުރުވާ ބައެއް ކާބޯތަކެތި ބާޒާރަށް ނެރެވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައެވެ.
މިކަމުގެ ސަބަބުން ރަމަޟާން މަހު ރައްޔިތުންނަށް ކާބޯތަކެތި ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށްއުންމީދު ކުރައްވައެވެ.
ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ދަނީ ތައްޔާރުވަމުން: އެސްޓީއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ