ރަމަޟާން މަހުގެ ފަހުދިހައިގެ މަތިވެރިކަމާއި އެމަތިވެރިކަން ލިބިގަންނަން މަސައްކަތްކުރަންޖެހޭ ކަމާއި އެކަންކަން ޙާޞިލް ނުކުރެވިއްޖެނަމަ ތިމާ ހިމެނިގެންދާނީ އަބާއްޖަވެރިންގެ ތެރެއިންކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ.
އެހެންކަމާއިއެކުވެސް ފަހުދިހައިގެ މާތްކަމާއި ަމތިވެރިކަން ލިބިގަންނަން މަސައްކަތްނުކޮށް ކަންނެތްވެގެން ތިބި މީހުންގެ ޢަދަދު މަދުކަމަށް ބުނެވޭކަށް ނެތެވެ. ހިތާމައާއިއެކުވެސް ބުނަންޖެހެނީ އެމީހުން މިހާރުވެސް އެތިބީ އެތިބީ ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބުގައި ކަމަށެވެ.
ސަބަބުތައް މިބަޔާންކުރަނީއެވެ.
އެއްދުވަހަކު މީހަކު ބޮޑު ޝައިޚެއްގެ ގާތަށް ގޮސް ދެންނެވިއެވެ. "ޝައިޚް އެވެ. އަހަރެން ވަރަށް ގިނަ ފާފަތައް ކުރަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެކަމަކު ﷲ ތަޢާލާ އަހުރެންނަކަށް އެއްވެސް ޢަޛާބެއް ނުދެއްވަވައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟"
ޝައިޚް އޭނާ އާއި ކުރެއްވީ ސުވާލުތަކެކެވެ.
ތިބާ އެންމެ ފަހުން ފަތިސްނަމާދެއްކުރީ ކޮން ދުވަހަކު ހެއްޔެވެ؟
-ޖަވާބު: 2 އަހަރުކުރިން
ތިބާ އެންމެ ފަހުން ޤުރްޢާން ކިޔެވީ ކޮން ދުވަހަކު ހެއްޔެވެ؟
-ޖަވާބު: ހަނދާނެއްވެސް ނެތް
ތިބާ އެންމެފަހުން ރޭއަޅުކަންކުރީ ކޮން ރެއަކު ހެއްޔެވެ؟
-ޖަވާބު: ހަނދާނެއްވެސް ނެތް
ތިބާ އެންމެ ފަހުން ޞަދަޤާތެއްކުރީ ކޮން ދުވަހަކު ހެއްޔެވެ؟
--ހަނދާނެއްވެސް ނެތް
އެހިށާބުން ޝައިޚް ވިޑާޅުވިއެވެ. "ތިއައަށްވުރެ ބޮޑު ޢަޛާބަކީ ކޮބައިހެއްޔެވެ؟"
ޝައިޚް އެވިދާޅުވީ އޭނާ ގިނަ ފާފަތަކެއް ކުރާތީ އާއި ތައުބާވެ ހެޔޮ ޢަމަލުކުރަން މަސައްކަތްނުކުރާތީ ﷲ ތަޢާލާ އޭނާ އެވަނީ ދޫކޮށްލައްވަވައިފައި ކަމެވެ. އޭނާއަށް އެކަންކަން ވިސްނި ތައުބާ ނުވެއްޖެނަމަ އޭނާ އެވަނީ ނަރަކައަށް ވަންނަން ދޫކޮށްލައްވަވައިފައިކަމެވެ.
ލޮބުވެތި އެކުވެރިންނޭވެ! މިއަށްވުރެ ބޮޑު ޢަޛާބެއް ނެތެވެ. ﷲ ތަޢާލާ މީހަކަށް ދުނިޔޭގައި ޢަޛާބު ދެއްވެވުމަކީ އޭނާއަށް ބޮޑު މުޞީބާތެއް ޖައްސަވައި ނިކަމެތިކޮށްލެއްވެވުމެއް ނޫނެވެ. ދަތި ޙާލުގައި އުޅެން ޖެއްސެވުމެއްވެސް ނޫނެވެ. ހިތްދަތިކަން ކުރިމަތިކުރެއްވެވުމެއްވެސް ނޫނެވެ. އެމީހަކު ފާފަކުރަމުން ގޮސް ނަރަކައަށް ވަންނަން ދޫކޮށް ލެއްވެވުމެވެ.
ވީމާ ބޮޑެތި މުޞީބާތްތައް ކުރިމަތި ނުކުރައްވަވާތީ ތިމާއަށް މިހުރެވެނީ ﷲ ތަޢާލާގެ ޢަޛާބު ނުލިބިކަމަށް ހީވެސްނުކުރާށެވެ! އެމީހަކަށް އެހުރެވެނީ އެންމެ ބޮޑު ޢަޛާބުގައެވެ. ގަދަފަދަ ޢަޛާބް ލިބިލިބިއެވެ.
- މަޢުލޫމާތު: ޝައިޚް މުޙައްދު ބާޖައުރުގެ ދަރުސަކުން
ފަހުދިހައިގެ މާތްކަމާ މަތިވެރިކަން ލިބިގަންނަން މަސައްކަތް ނުކުރެވޭ މީހުން މިހާރުވެސް އެތިބީ ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބުގަކަން އެނގޭ ސަބަބުތައް-: ޝައިޚް މުޙައްމަދު ބާޖައުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ