ޕަންޖާބު، އިންޑިއާ (މެއި 31) - އިންޑިއަން ޕްރިމިއާ ލީގުގެ އެލިމިނޭޓާގައި ރޭ 20 ލަނޑުން ގުޖުރާތު ޓައިޓަންސް ބަލިކޮށް، އެ ޓީމު ކަޓުވާލައި، މުމްބައި އިންޑިއަންސް އިން ކޮލިފަޔާ ދޭކުން ފުރުސަތު ހޯދައިފި އެވެ.
މި މެޗުން މޮޅުވެ، މާދަމާރޭ ކޮލިފަޔާ ދޭއްގައި، މުމްބައި ކުޅޭނީ ޕަންޖާބް ކިންގްސްއާ އެވެ. އެ މެޗުން މޮޅުވާ ޓީމެއް، އަންގާރަ ދުވަހުގެރޭ ފައިނަލުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރާ ބައްދަލުކުރާނެ އެވެ.
މުލަންޕޫރުގެ މަހަރާޖާ ޔަދަވިންދުރަ ސިންގް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި، ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން މުމްބައި އިން ނިންމީ ކުޅެން އަރާށެވެ. އެ ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 228 ލަނޑު ހެދިިއިރު، ތަރި އަކީ ރޯހިތު ޝަރްމާ އެވެ. ރޯހިތު ވަނީ 50 ބޯޅައިން 81 ލަނޑު ހަދައިފަ އެވެ. ދެން، އެންމެ ރަނގަޅު ސްކޯ އެއް ހަދައިދިނީ 22 ބޯޅައިން 47 ލަނޑު ހެދި، ޖޯނީ ބޭސްޓޯ އެވެ.
މި އިިނިންްގްސްގައި ގުޖުރާތުގެ ޕްރަސިދު ކްރިޝްނާ އާއި ސައި ކިޝޯރު، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ގުޖުރާތުން ނަތީޖާ އަނބުރާލުމަށް ހިތްވަރު ގަދަ ކުޅުމެއް ދައްކަން މަސައްކަތް ކުރި ނަމަވެސް ޕްރެޝަރު ވަގުތުތަކުގައި މުމްބައިގެ އުކުން ފެނުނީ މާ ރަނގަޅަށެވެ. ގުޖުރާތަށް 20 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 208 ލަނޑެވެ. އެ ޓީމުގެ ކެޕްޓަން، ޝުބްމަން ގިލް، ދެ ބޯޅައިން އެއް ލަނޑަށް ނުބައިވިއިރު، އެންމެ ގިނަ ލަނޑު ހެދި، ސައި ސުދަރްޝަން ވަނީ 49 ބޯޅައިން 80 ލަނޑު ހަދައިފަ އެވެ. އަދި، ވޮޝިންޓަން ސުންދަރު ނުބައިވީ، 24 ބޯޅައިން 48 ލަނޑަށެވެ.
ފަސް ފަހަރު އައިޕީއެލް ކާމިޔާބުކޮށްފައިވާ، މުމްބައި އިންޑިއަންސްގެ ޓްރެންޓް ބޯލްޓް ވަނީ މި އިނިންސްގައި، ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ.
އައިޕީއެލް: ގުޖުރާތު ކަޓުވާލައި މުމްބައި ކޮލިފަޔާ ދޭކަށް އައިޕީއެލް: ގުޖުރާތު ކަޓުވާލައި މުމްބައި ކޮލިފަޔާ ދޭކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ