މަސްވެރިކަމަށް ދިރުން | މަހުގެ އެކްސްޕޯޓަށް 51 ޕަސެންޓުގެ އިތުރުވުމެއް

މިދިޔަ އަހަރުގެ ތިން މަހު 9,017.1 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި އެކްސްޕޯޓް ކުރިނަމަވެސް މި އަހަރު މި އަދަދު ވަނީ 16,323.4 މެޓްރިކް ޓަނަށް އިތުރުވެފަ އެވެ.
މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޭން ފެށުމާއެކު މަސްވެރިކަމަށް ދިރުން ލިބި މަހުގެ އެކްސްޕޯޓް 51 ޕަސެންޓް މައްޗަށް ޖެހިލައިިފި އެވެ. 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭން އެކްސްޕޯޓްކޮށްފައިވަނީ 14,259.9 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 21,599.4 މެޓްރިކް ޓަނަށް އުފުލިފަ އެވެ. 
މަސްވެރިކަމުގެ މި ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ފިނި ކުރި ކަނޑުމަހެވެ. ފިނި ކުރި ކަނޑުމަހުގެ އެކްސްޕޯޓް ގާތްގަނޑަކަށް 60 ޕަސެންޓަށްވުރެ ބޮޑު އިތުރުވުމެއް އައިސްފައިވާ ކަމަށް ދައްކަ އެވެ. 
މި މުއްދަތުގައި ރާއްޖޭން އެކްސްޕޯޓް ކުރި ކަޅުބިލަ މަހުގެ މިންވަރުވެސް ވަނީ 81 ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ. މިދިޔަ އަހަރުގެ ތިން މަހު 9,017.1 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި އެކްސްޕޯޓް ކުރިނަމަވެސް މި އަހަރު މި އަދަދު ވަނީ 16,323.4 މެޓްރިކް ޓަނަށް އިތުރުވެފަ އެވެ. އަދި ބޮޑު ކަންނެލީގެ އެކްސްޕޯޓުވެސް ވަނީ 12 ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު 2,899.9 މެޓްރިކް ޓަނުގެ ކަންނެލި ބޭރު ކުރިއިރު މި އަހަރު މި އަދަދު ވަނީ  3,250.1 ޓަނަށް ފުލުލިފަ އެވެ. 
ކަޅުބިލަ މަހާއި ކަންނެލީގެ އިތުރުން ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ އެހެން ބާވަތްތަކުގެ އަދަދުވެސް މި މުއްދަތުގައި ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ތިން މަހު 166.8 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރިނަމަވެސް މިދިޔަ އަހަރުގެ އެކްސްޕޯޓް ހުރީ 158.6 މެޓްރިކް ޓަނުގަ އެވެ. 
މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވިނަމަވެސް ކަނޑުމަހާއި ކަންނެލި ޕައުޗް އަދި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މިންވަރު ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު މި ދެ އުފެއްދުން ހިމެނޭހެން 1,882.2 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރިނަމަވެސް މި އަހަރު މި އަދަދު ހުރީ 1,333.3 ޓަނުގަ އެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ރޯދަމަހަށް އާއްމުންގެ ބޭނުމަކަށް ޕްރޮޑަކްޝަންގެ ބޮޑުބައެއް ހާއްަސަ ކުރުމާއެކު އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައިވުމެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ