އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 2 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ މީރު “ ޗިޗަންޑާ މަސްހުނި” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި: 1 ޗިޗަންޑާ ކޮށާފައި ފެނުކައްކާފައި 1/2 ޖޯޑު ފިޔާ ކޮށާފައި 1 ޓީސްޕޫން ލުނބޯ ހުތް 1 ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮމިރުސް 1/2 ޓީސްޕޫން ލޮނު 1/4 ޓީސްޕޫން އަސޭމިރުސް 1 މަސްދަޅު ތެޔޮނަގާފައި 1 ޖޯޑު ކާށި ހުނި
ތައްޔާރު ކުރާނެގޮތް: ފިޔާ، މިރުސް، ލޮނު އަސޭމިރުސް އަދި ލުނބޯ ހުތް ތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ދެން މީގެ ތެރެއަށް ހުނި އަޅާފައި އެކުރުމަށްފަހު މަސްވެސް އަޅާފައި އެއްކޮށްލާށެވެ. ދެން ޗިޗަންޑާ ކޮޅު އެއްކޮށަލާށެވެ. މިހާރު އެހެރީ ޗިޗަންޑާ މަސްހުނި ތައްޔާރުވެފައެވެ.
އޭއޯ ރޯދައިގެބަދިގެ: ޓޫނާ ސެލަޑް ސޭންޑްވިޗް ޢީދު ދުވަހަށް ޙާއްސަ: ހައިދަރުއާބާދު ޗިކެން ބިރިޔާނީ ރެސިޕީ އޭއޯ ރޯދައިގެބަދިގެ: ޕީނަޓް ބަނާނާ ސްމޫތީ އޭއޯ ރޯދައިގެބަދިގެ: ނޯބޭކް އޯރިއޯ ޗީޒްކޭކް މަގުބޫލު ލިޔުންތައް މަސްތުވާތަކެތީގެ މައްސަލަ: ފުވައްމުލަކުން 72
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ