ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު 8 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިން ކަމަށާއި މިއީ2024 ވަނަ އަހަރާ އަޅާ ބަލާއިރު %7 އިތުރު އަދަދެއް ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ވީއައިއޭ އިން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެ އެއާޕޯޓުން ހިދުމަތް ދިން ފަސިންޖަރުންގެ ތެރޭ ހިމެނެނީ:
5.38 މިލިއަން އިންޓަނޭޝަނަލް ފަސިންޖަރުން
1.17 މިލިއަން ޑޮމެސްޓިކް ފަސިންޖަރުން
1.73 ސީޕްލޭން ފަސިންޖަރުން
ތަފްސީލް - މިދިޔަ އަހަރު އެއްދުވަހެއްގައި ވީއައިއޭ އިން އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދިނީ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.
ވީލް ބޭސްޑް 27،381 ފަސިންޖަރުންނަށް އެދުވަހު ހިދުމަތް ދިން
ސީޕްލޭންގެ ހިދުމަތް އެއްދުވަހެއްގައި އެންމެ ގިނަ ފަސިންޖަރުންނަށް ދިނީ16 ފެބްރުއަރީ ގައި. އެއީ7،439 ފަސިންޖަރުންނަށް
މިދިޔަ އަހަރު ވީއައިއޭގައި ޖުމްލަ 249،214 އެއާ ޓްރެފިކް މޫވްމަންޓު ރެކޯޑު ކޮށްފައިވެ އެވެ. މިއީ2024 ވަނަ އަހަރާ އަޅާ ބަލާއިރު %8 އިތުރު އަދަދެކެވެ.
މީގެ ތެރޭ ހިމެނެނީ:
34،868 އިންޓަނޭޝަނަލް މޫވްމަންޓު
28،348 ޑޮމެސްޓިކް މޫވްމަންޓު
185،998 ސީޕްލޭން މޫވްމަންޓު
ވީއައިއޭ އިން މިދިޔަ އަހަރު 8 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ