އިސްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާ އިސްރޭލާ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާއަށް ދާން މުއިއްޒު އެއްބަސް ވުމުން، އެމެރިކާގެ ޚާއްސަ މަންދޫބަކު ރަސްމީ ދަތުރެއްގައި ރާއްޖެ އަށް

އެމެރިކާގެ ހާއްސަ މަންދޫބަކު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ގައުމުން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ، މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އާއި ސްރީ ލަންކާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ސާޖިއޯ ރާއްޖެއަށް ކުރައްވާ ދަތުރުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެ އެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި އިގުތިސާދު ފުޅާކުރުމަށް އެމެރިކާއަށް އެހީތެރިވެދެވޭނެ ދާއިރާތައް ދެނެގަންނާނެ އެވެ.
މީގެ އިތުރުން، އެމެރިކާގެ މަންދޫބުގެ މި ދަތުރުގައި ރާއްޖެއާއި އިސްރާއީލުގެ ގުޅުން ބަދަހިކޮށް އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި ހުއްދަ ކުރުމުގެ މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
މުއިއްޒު މީގެ ކުރިން އިސްރޭލު ޕާސްޕޯޓު މަނާ ކޮށްފައި ވީނަމަވެސް އިސްރޭލު ޕާސްޕޯޓު މަނާ ކޮށްފައިވަނީ ޑުއަލް ސިޓިޒެންޝިޕް އޮން ފަރާތްތަކަށް ރާއްޖެ އާދެވޭ ގޮތަށެވެ. މި އުސޫލުގެ ދަށުން ނަތަންޔާހޫއަށްވެސް ރާއްޖެ އައުމުގެ މަގު ފަހިވެފައި އޮންނަކަން ފާހަގަ ކޮށްލެވެއެވެ.
ސާޖިއޯގެ މި ދަތުރު ދިމާވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ ވެސް މުނާސަބަތާ އެވެ. ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ އެޕްރީލް 9، 1966 ގަ އެވެ.
ލަންކާގައި ބާއްވާ ބައްދަލުވުންތަކުގައި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ބަނދަރުތަކުގެ ރައްކާތެރިކަމާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ރާއްޖެ އާއި ލަންކާއަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް އެމެރިކާއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ދެ ބައިވެރިންނެވެ. އަދި މި ދަތުރުގެ ސަބަބުން މިނިވަން، ހުޅުވާލެވިފައިވާ އަދި ތަނަވަސް އިންޑޯ-ޕެސިފިކް ސަރަހައްދެއް ބޭއްވުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ