ހުޅުމާލޭގައި ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިތިގަސްމަގު ބްރިޖުގަ އެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 02:43 ހާއިރު އެވެ.
މި އެކްސިޑެންޓްގައި އޭގެ ތެރެއިން އެއް ކާރު ވަނީ ފުރޮޅާލައިފަ އެވެ. ނަމަވެސް، އެއްވެސް މީހަކަށް ބޭރުފުށުން ޖިސްމާނީ އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ