ސްކޫލް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށީ ސިޓީގެ ސަރުކާރު ސްކޫލުތަކަށްދޭ ގްރާންޓަށް އެދުމަށް އެ ކައުންސިލުން ހުޅުވާލައިފި އެވެ.
މި ގުރާންޓަކީ ކުޅުދުއްފުށީގައި ހިންގާ ސަރުކާރު ސްކޫލުތަކުން ހިންގާ މަޝްރޫއުތަކާއި ހަރަކާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލުން " ސްކޫލް ގުރާންޓް"ގެ ނަމުގައި ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ސްކޫލުތަކަށް ހަމަހަމަ ގޮތެއްގައި ދޫކުރާ ފައިސާގެ އެހީތެރިކަމެކެވެ.
2023 ވަނަ އަހަރުން ފެށިގެން ދޭން ފެށި މި ގްރާންޓް ފުރަތަމަ ދިނީ ސްކޫލަކަށް 50،000 ރުފިޔާ އެވެ. ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން މިއަދަދު ވަނީ އެއްލައްކަ ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
އެކައުންސިލުން ބުނީ ގުރާންޓަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މާޗް މަހުގެ 15 ވަނަ ދުވަހުގެ 13:00 ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ