'އަދަދު' ގެ ސީއީއޯ ފިޔާޒަށް މަރުގެ އިންޒާރު ދީފި

މި ސަރުކާރާ ދެކޮޅަށް ޚަބަރުތައް ގެނެސްދޭ 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އަށް މަރުގެ އިންޒާރު ދީފި އެވެ.
ކުރިން ވެސް މިފަދަ އިންޒާރުތަކެއް ލިބިފައިވާ ނޫސްވެރިޔާ އަށް މަރުގެ އިންޒާރު ދީފައި ވަނީ ސީދާ ކާކުކަން ނޭނގޭ ގޮތަށް ފޭސްބުކް ގައި ހިންގާ އެކައުންޓަކުންނެވެ. 'ޔޫސުފް އާސް' ގެ ނަމުގައި ހިންގާ އެ އެކައުންޓުން ރޭ ދަންވަރު 3:30 ގައި ފިޔާޒަށް މެސެންޖާއިން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ޕީއެންސީއަށް ޖޯކު ޖަހާ ނަމަ މަރާލާނެ ކަމަށެވެ.
"ކަލޭ މަރާލާނަން ޕީއެންސީއަށް ޖޯކު ޖަހާ ނަމަ، ކަލޭ މަރާލާނަން،." މެސެޖުގައިވެ އެވެ.
'އަދަދު' ގެ ސީއީއޯ އަށް މަރުގެ އިންޒާރު ދިން އިރު މީގެ ދުވަސްކޮޅެއް ކުރިން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަދި 'ދައުރު' ގެ ނޫސްވެރިޔާ އަހުމަދު ނާއިފަށް ވެސް މަރުގެ އިންޒާރު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ