މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދެން ދޫކުރާނީ މިފްކޯއިން

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދެން ދޫކުރާނީ މިފްކޯ މަރުކަޒުން ކަމަށް ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މިކަން ހާމަކުރައްވައި ވަޒީރު އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ގްރޭޓަރ މާލެ ސަރަޙައްދުގައި ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ. 
‏އަދި އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ބަލައި ނާދެވޭ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޯދަ ހަދިޔާ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އެތަނުން ރީދަ ހަދިޔާ ދޫކުރާނީ ރޭގަނޑު 8.30 ން 11.00 އަށް ކަމަށްވެސް ވިދާޅުވިއެވެ. 
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި މާލެ ސަރަހައްދުގައި އެ މަސައްކަތް ކުރަނީ ސިޓީތަކާބެހޭ ވުޒާރާއިންނެވެ.
މާލޭގެ އިތުރުން ރަށްރަށުގައިވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ދަނީ ކުރަމުންދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބަހުމުގެ މަސައްކަތް ކުރަނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ