އެޑްވަޓޯރިއަލް: ޚަރަދު ކުޑަ، ސްމާޓް ދިރިއުޅުމަކަށް އެޓޮމްބާގް ފަންކާ

ރާއްޖޭގައި އަހަރުގެ ބޮޑު ބައި ހޭދަކުރަން ޖެހެނީ ގަދަ ހޫނުގައި ކަމަށްވާއިރު، ކޮންމެ ގެޔެއްގައި ފަންކާއެއް ހުރުން ވަނީ ކޮންމެހެން ވެސް ބޭނުންތެރި ކަމަކަށް ވެފައެވެ. އެގޮތުން، ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން، ފަސޭހަކަމާއެކު، ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ފަންކާ ކޮންމެ އާއިލާއަކަށް ވެސް ބޭނުންވެއެވެ. އެފަދަ ފަންކާ ރާއްޖެއަށް ގެނެސްދެނީ ލިއޯ ގުރޫޕްގެ ސަބްސްޑިއަރީ ބްރެއިން ކޮރަލްއިންނެވެ. އެއީ އިންޑިއާގެ އެޓޮމްބާގް ކުންފުނީން އުފައްދާ ފަންކާތަކެވެ. އެޓޮމްބާގް ފަންކާތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ފަންކާތަކަކީ ފަސްތަރީގެ ރޭޓިންގެ ބީއެލްޑީސީ މޯޓޯ ހިމެނޭ އުފެއްދުންތަކަކަށް ވުމެވެ. އޭގެ ސަބަބުން، ކަރަންޓު ބޭނުންކުރާ މިންވަރު 65 އިންސަތައާ ހަމައަށް ދަށްކުރުމާއެކު ވެސް، ބާރު ސްޕީޑުގައި ފަންކާ އެނބުރޭނެއެވެ. އެ ފަންކާތަކުގައި ޒަމާނީ އެތައް ފީޗާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ރިމޯޓާއި އެޕް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވި، އެލެކްސާއާއި ގޫގުލް ހޯމް މެދުވެރިކޮށް ވެސް ބަދަލުތައް ގެނެވެއެވެ. ހަމައެއާއެކު، ފަންކާއާ ގުޅިފައިވާ އެޕްއިން ފެންނަން ހުންނަ އެނެލިޓިކްސްއިން ވެސް މުހިންމު މައުލޫމާތުތައް ލިބޭނެއެވެ. އެ ފަންކާތައް ފަރުމާކޮށްފައިވަނީ އަޑު މަޑުވާނެ ގޮތަށް، ދަށް ވޯލްޓޭޖްތަކުގައި ވެސް އެއްމިންވަރެއްގައި ވައި ދައުރުކުރެވޭނެ ގޮތަށެވެ. އަދި ރީތި ގެތަކަށް، ފަންކާގެ ޑިޒައިން ވެސް މުހިންމު ވާނެތީ، އެ ފަންކާތައް ފަރުމާކޮށްފައިވަނީ ބަލައިލަން ރީތިކޮށް، ކޮންމެ ގެއަކާ ވެސް ގުޅޭނެ ގޮތަށެވެ. އެޓޮމްބާގް ފަންކާތަކަކީ ރިމޯޓުން ކޮންޓްރޯލް ކުރެވި ރެނީސާ އެލީޓް ސްމާޓް ފަންކާއާއި އޭބީއެސް ބްލޭޑްތައް ހިމެނޭ، އަޑު މަޑު އެރިސް ކޮންޓުއާ ފަންކާއެކެވެ. ބްރެއިން ކޮރަލްއިން ވަނީ އެ ބްރޭންޑަކީ 10 މިލިއަނަށް ވުރެ ގިނަ މީހުންގެ އިތުބާރު ހޯދައިފައިވާ ބްރޭންޑެއްކަން ފާހަގަކޮށްފައެވެ. އެޓޮމްބާގް ފަންކާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު އެކެއްގައި ހުންނަ ބްރެއިން ކޮރަލް ފިހާރައިން ލިބެން ހުންނާނެވެ. އަދި އެ ފިހާރައިން ގެއާއި އޮފީސް ޒީނަތްތެރިކޮށް އައުކުރުމަށް ބޭނުންވާ ސާމާނު ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ