ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އަލީ އާރިފް އިސްތިއުފާ ދެއްވި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.
އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ. އަލީ އާރިފް އެމަގާމަށް އައްޔަން ކުރެއްވީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދުވަސް ކަމަށްވާ 17 ނޮވެމްބަރ 2023 ގައެވެ.
އަލީ އާރިފް ވަނީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގައެވެ. އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށް މިދިޔަ ރިޔާސީ އިންތިހާބު ގާސިމް އިބްރާހިމަށް ކާމިޔާބު ކޮށްދިނުމަށް ކެމްޕޭންގައި އިސްކޮށް އޭނާ ހަރަކާތްތެރިވިއެވެ.
އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މިމަހުގެ 04 ވަނަ ދުވަހު އޮތް އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިފަހުން ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އިސްތިއުފާ ދެއްވާ އަދި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. ނަމަވެސް އަލީ އާރިފަކީ މިހާތަނަށް ސަރުކާރުން އިސްތިއުފާ ދެއްވި އެންމެ ސީނިއާ އޮފިޝަލެކެވެ.
އަލީ އާރިފް އިސްތިއުފާދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ