ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފިއެވެ. އެގޮތުން، ބައެއް ވުޒާރާތައް އުވައިލައްވައި، މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައި، ބައެއް އިދާރާތަކުގެ ބެލެނިވެރިކަން ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ބަދަލުތައް މިހާރު ވަނީ އާންމުކޮށް އިޢުލާންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުގެ ތެރެއިން މުޅީން އަލަށް އުފައްދަވާފައިވަނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ގެންނެވި ބަދަލާއެކު ބައެއް ވުޒާރާތަކުގެ ނަމަށް ބަދަލުގެންނަވާފައިވާކަމަށެވެ. އެގޮތުން 11 ވުޒާރާއެއްގެ ނަމަށްވަނީ ބަދަލުގެންނަވާފައެވެ.
ސަރުކާރުގެ އިދާރީ އޮނިގަނޑަށް މި ގެންނެވި ބަދަލުތަކުގެ ތެރޭގައި، ބެލެނިވެރިކަން ބަދަލުކުރެއްވި އިދާރާތައްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ