ސަލާހް ސައުދީ ޕްރޯ ލީގަށް ބަދަލުވުމުގެ މަޝްވަރާތައް ފަށައިފި ޓޫރިޒަމަށް 55 އަހަރު ފުރޭ “ވިޒިޓް މޯލްޑިވްސް އިޔާ” ގެ ބީލަން ހުށަހެޅުން މި މަހުގެ 23 ގައި ވޯލްޑް ކަޕް 2026: މުބާރާތުގެ އިނާމު ފައިސާ 50 އިންސައްތަ ބޮޑު ކުރަން ނިންމައިފި ޓޫރިސްޓުން އަންނަ އަދަދު

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެމުންދާ އިންޓަ މިއާމީއަކީ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ އެންމެ އަގުބޮޑު ކްލަބްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ސްޕޯޓިކޯއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޓަ މިއާމީގެ އަގު މިހާރު ވަނީ 1.45 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
މިއީ މެސީ އެ ކްލަބާ ގުޅުމުގެ ކުރިން އޮތް 585 މިލިއަން ޑޮލަރުގެ އަގާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، އެ ކްލަބަށް ލިބޭ އާމްދަނީ 75 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، 2026 ވަނަ އަހަރާ ހަމައަށް އާމްދަނީގެ ގޮތުގައި 250 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވެއެވެ. މިއީ އެމްއެލްއެސްގެ އެހެން އެއްވެސް ކްލަބަކަށް އަދި ހާސިލްކުރެވިފައި ނުވާ މިންވަރެކެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ ކުރިން އެއްވަނައިގައި އޮތް ލޮސް އެންޖެލެސް އެފްސީ (އެލްއޭއެފްސީ) އެވެ. އެ ކްލަބުގެ އަގަކީ 1.4 ބިލިއަން ޑޮލަރެވެ. މުޅި ލީގުގެ 30 ޓީމުގެ ޖުމްލަ އަގު މިހާރު ވަނީ 23 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު އެވްރެޖްކޮށް 39 އިންސައްތައިގެ ކުރިއެރުމެކެވެ.
ލީގުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، މުއްސަނދި ކްލަބްތަކާއި އެހެން ކްލަބްތަކުގެ މެދުގައި އޮތް ފަރަގު ބޮޑުވަމުންދާކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. މިސާލަކަށް، އިންޓަ މިއާމީގެ އަގު ސީއެފް މޮންޓްރިއަލް 480 މިލިއަން އަށް ވުރެ 3.4 ގުނަ ބޮޑެވެ. އަދި އެންބީއޭ އާއި އެންއެފްއެލް ފަދަ ލީގުތަކާ އަޅާބަލާއިރު ޓީވީ ރައިޓްސްއިން ލިބޭ އާމްދަނީ ކުޑަވުމަކީ ކްލަބްތަކުގެ ފެންވަރަށް އަސަރުކޮށްފާނެ ކަމެކެވެ.
ސްޕޯޓިކޯގެ ރިޕޯޓުގައިވާ ގޮތުން، އެޕަލްއާއެކު ވެފައިވާ އެއްބަސްވުމުން އުފެއްދުމުގެ ހަރަދުތަކަށްފަހު ކްލަބްތަކަށް ސާފު އާމްދަނީގެ ގޮތުގައި ލިބެނީ އެންމެ 5 މިލިއަން ޑޮލަރެވެ. މިއާ ހިލާފަށް އެންއެޗްއެލްގެ ޓީމުތަކަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ލިބެއެވެ.
މީގެ އިތުރުން ބައެއް ކްލަބްތައް ވިއްކާލުމުގައިވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ވެންކޫވަރ ވައިޓްކެޕްސްގެ ސީއީއޯ އެކްސެލް ޝޫސްޓަރ ވިދާޅުވީ، 40 އެއްހާ ގްރޫޕުން ކްލަބް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ދިރާސާކުރި ނަމަވެސް، އެއްވެސް ފަރާތަކުން އިންވެސްޓް ކުރަން ބޭނުންނުވި ކަމަށެވެ. އެއީ އެ މާކެޓާއި އޮތް ހާލަތުގެ ސަބަބުން އިންވެސްޓްމަންޓަކަށް އެންމެ ރަނގަޅު މާހައުލެއް ނެތް ކަމަށް އެ ފަރާތްތަކަށް ގަބޫލުކުރެވޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ