ރައީސް، ގާސިމް އާއި ސިޔާމްއާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ

ރައީސް މުހައްމަދު މުއިއްޒު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މި ވަގުތު ގެންދަވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުކުރެއްވުމަށް ފަހު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުއާ ވެސް ބައްދަލުކުރައްވާނެ ކަމަށްވެ އެވެ.
ރައީސް އޮފީހުން ވަނީ މި ބައްދަލުކުރެއްވުންތައް ކުރިއަށް ދާކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް، އިތުރު ތަފްސީލެއް އެ އޮފީހަކުން ނުދެ އެވެ.
ގުޅުން ހުރި ކަމެއް - ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ރައީސް، ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާހެން އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ޖޭޕީގެ އިސް ވެރިންނާ އެކު ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު އަހުމަދު ނިހާން އޭރު ވިދާޅުވެފައި ވަނީ، އެހެން ޕާޓީތަކާ އެކު ސިޔާސީ ގޮތުން މަސައްކަތްކުރެވޭނެ މަގެއް އޮތްތޯ ބެލުމަށް އެ ޕާޓީގެ ކައުންސިލުން މީގެ ކުރިން ނިންމާފައިވާނެ ކަމަށާއި، އެ ބައްދަލުވުމަކީ ޕީއެންސީއާ އެކު އެފަދަ މަސައްކަތެއް ކުރެވޭނެ މަގު އޮތްތޯ ބެލުމަށް ބޭއްވި ތައާރަފު ވުމުގެެ ބައްދަލުވުމެއް ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ