އެފްއެޗްއޭއެމްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.އެފްއެޗްއޭއެމް އަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ކަލިނަރީ ފެއާ އެވެ. މި އެގްޒިބިޝަނުގެ ކަލިނަރީ ޗެލެންޖަކީ ވެސް ގިނަ އަދަދެއްގެ ޝެފުން ބައިވެރިވާ ބޮޑު ހަރަކާތެކެވެ.ދިވެހި އެކްސްޕޯ ސާވިސް އާއި ބޭރުގެ ސީޑީސީ އިވެންޓްސް އިން އިންތިޒާމްކުރާ ބައިނަލްއަގްވާމީ މި އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މީގެ ކުރީގެ އަހަރުތަކުގައި ވެސް ދިރާގުން ވަނީ މަސައްކަތްކޮށްފަ އެވެ. މިއަދު ފަށާ މި އެގްޒިބިޝަން އޮންނާނީ ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ. ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖައިޝަން ހަމީދު ވިދާޅުވީ އެފްއެޗްއޭއެމް ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް މިއަހަރުވެސް ދިރާގު ވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ."މޯލްޑިވްސް ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން މޯލްޑިވިއަން ހޮސްޕިޓަލިޓީގެ ބްރޭންޑް އިތުރަށް ރަނގަޅުކޮށް، އިންޑަސްޓްރީގެ ތެރޭގައި އިނޮވޭޝަން އާއި ކޮލަބްރޭޝަން ކުރިއެރުވުމުގައި މުހިއްމު އިވެންޓްތަކާއި އިސްނެގުމުގައި ސަޕޯޓް ދިނުމަކީ ފަހުރުވެރިވާ ކަމެއް،" ޖައިޝަން ވިދާޅުވި އެވެ. ދިރާގަކީ މި ފަދަ ބޮޑެތި އެކި ހަރަކާތްތަކުގައި ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ޑިޖިޓަލް ސަޕޯޓު ދެމުންދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ